ރާއްޖޭގެ ކްރިކެޓް ޓީމުން 10 ވިކެޓުން ޗައިނާ ބަލިކޮށްފި

Oct 8, 2026, 4:45 PM
އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ޗައިނާ ބަލިކުރި މެޗުގެ ތެރެއިން.

އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ޗައިނާ ބަލިކުރި މެޗުގެ ތެރެއިން.

މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޗައިނާ އަތުން 10 ވިކެޓުން މޮޅުވެއްޖެ އެވެ. 

މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ ބުއޭޔަސް އޯވަލްގައި ކުރިއަށްދިޔަ މެޗުގެ ޓޮސް ދިމާވުމުން ޗައިނާ އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ޗައިނާ އިން ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރެއިން، 16.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 10.1 އޯވަރުގެ ތެރޭގައި 100 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.

ރާއްޖެ އަށް މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ޔޫސުފް އަޒްޔާން ފަރުހަތު އެވެ. ކުޅެން އަރައި 33 ބޯޅައިން އަޒްޔާން ވަނީ 52 ލަނޑު ހަދައިފަ އެވެ. މެލޭޝިއާގެ ސްޓޭޓް ލެވަލް ކްރިކެޓް މުބާރާތުގައި ވެސް މި ފަހުން ތަފާތު ދެއްކި އަޒްޔާން ވަނީ، މިއަދުގެ މެޗުގައި ޗައިނާގެ އިނިންސްގައި، ތިން ވިކެޓް ވެސް ނަގައިފަ އެވެ. 

Advertisement
އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ޗައިނާ ބަލިކުރި މެޗުގެ ތެރެއިން: މެޗުގެ މޮޅު ކުޅުންތެރިޔާ، އަޒްޔާން.
އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ޗައިނާ ބަލިކުރި މެޗުގެ ތެރެއިން: މެޗުގެ މޮޅު ކުޅުންތެރިޔާ، އަޒްޔާން.

އަޒްޔާނާ އެކު ޕާޓްނަޝިޕްގައި ހުރި މުހައްމަދު ރިޝްވާން ވަނީ 44 ބޯޅައިން 29 ލަނޑު ހަދައިފަ އެވެ. 

ރާއްޖޭން އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން އައި ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. 

ރާއްޖެ ހިމެނެނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. ދެން، އެ ގްރޫޕްގައި އޮތީ ޗައިނާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، މެލޭޝިއާ، ހޮންގް ކޮންގް އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަަނަ އާއި ދެ ވަނަ ރީޖަނަލް ފައިނަލްސް އަށް ހޮވޭއިރު، ގްރޫޕް އޭގައި ވާދަކުރަނީ، ބަހުރެއިން، ކުވެއިތު، މޮންގޯލިއާ، މިޔަންމާ، ގަތަރު އަދި ތައިލެންޑް އެވެ. 

ރާއްޖޭން ކޮލިފައިން ދެ ވަނަ މެޗުގައި,  މި މަހު ނުވަ ވަނަ ދުވަހު ސިންގަޕޫރާ ކުޅުމަށް ފަހު, 11 ވަނަ ދުވަހު މެލޭޝިއާއާ ވާދަކުރާނެ އެވެ. އަންނަ މަހު 12 ވަނަ ދުވަހު ހޮންގް ކޮންގާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ވާދަކުރާނެ އެވެ. 

މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ވާދަ މި ކުރަނީ ގައުމީ ކްރިކެޓް ޓީމުން ދާދި ފަހުން ކޯޗަކަށް ގެނައި އަފްގާނިސްތާންގެ އަސަދުﷲ ހާން (އަސަދު)ގެ ބެލުމުގެ ދަށުންނެވެ. 

އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ޗައިނާ ބަލިކުރި މެޗުގެ ތެރެއިން ފޮޓޯ އަކަށް ހުއްޓިލައިގެން.
އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ޗައިނާ ބަލިކުރި މެޗުގެ ތެރެއިން ފޮޓޯ އަކަށް ހުއްޓިލައިގެން.

މި ފަަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ކެޕްޓަނަކީ ހަސަން ހާޒިގެވެ. އަދި، ވައިސް ކެޕްޓަނަކީ ކުރިން ކެޕްޓަނަކަށް ވެސް ހުރި އަޒްޔާން އެވެ. ޓީމުގައި ދެން ހިމެނެނީ، މުހައްމަދު ރިޝްވާން، އިސްމާއިލް ނަޒްވާން، ހަރްޝާ އަމަރަސިންގޭ، އިގްބާލް ޝެރާޒް، އާދަމް ނާސިފް، އަހުމަދު އަމީލް، އިސްމާއިލް އަލީ، މަބްސަރު އަބްދުﷲ، އިބްރާހިމް ރިޒާން، އަޝަން ޔާޕާ، ތަރުޝާ ކަވިންދާ އަދި ޝަފްރާޒް ޖަލީލް އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox