ޔާމީނަށް ކުރުދޮށިން ދެއްވި ޖަލްސާގައި އަމީން މެސެޖެއް ދެއްވި ކަމަށް ބުނެ ޝުޖާއު ހެއްދެވީ ދޮގެއްކަން ފަޅާއަރައިފި

ބާރަށު ދާއިރާގެ މެންބަރު ސުޖާއު: އަމީންގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ދެއްވި މެސެޖުތައް ކަމަށް ބުނެ އޭނާ ވަނީ ކުރީގެ ރައީސް ޔާމީންއަށް އެއްޗެހި ކިޔާފައި -- ފޮޓޯ: އަދަދު ފައިލް

ބާރަށު ދާއިރާގެ މެންބަރު ސުޖާއު: އަމީންގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ދެއްވި މެސެޖުތައް ކަމަށް ބުނެ އޭނާ ވަނީ ކުރީގެ ރައީސް ޔާމީންއަށް އެއްޗެހި ކިޔާފައި -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ކުރާ ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެއްޗެހި ކިޔަމުން، މިނިސްޓަރު އަމީން ދެއްވި މެސެޖެއް ކަމަށް ބުނެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ހެއްދެވީ ދޮގެއްކަން ފަޅާ އަރައިފި އެވެ.

އެކަން ފަޅާއެރީ ޔާމީނަށް ރައްދުކޮށްދިނުމަށް އެދި މެންބަރު ސުޖާއުއަށް އެއްވެސް މެސެޖެއް ދީފައިވާނެތޯ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގު ޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުންނެވެ.

އެ ސުވާލުގެ ޖަބާގައި އަމީން ވަނީ އެފަދަ މެސެޖެއް ސުޖާއުއަށް ދީފައި ނުވާނެކަމަށް ވިދާޅުފަ އެވެ.

Advertisement

"އަޅުގަނޑަކީ އެއްވެސް މީހަކު މެދުވެރިކޮށް އެއްވެސް މީހަކަށް މެސެޖެއް ދީގެން މިހައިތަނަކަށް، އަޅުގަނޑަށް ދޭން ބޭނުންވާ މެސެޖެއް އަޅުގަނޑަށް ދެވޭނެ އެފަރާތަކަށް އިނގޭތޯ؟" އަމީން ވިދާޅުވި އެވެ.

ޕީއެންސީން ބޭއްވި ޖަލްސާގައި ޔާމީންއަށް އެއްޗެހިކިޔަމުން، ސުޖާއު ވިދާޅުވީ ޔާމީންއަށް ރައްދުކޮށްދެއްވުމަށް އެދި އަމީން މެސެޖެއް ދެއްވި ކަމަށެވެ.

"[އަމީން ވިދާޅުވީ] ވައިޑްބޮޑީ ދެވަނަ ފްލައިޓު އެބަ ގެންނަމޭ، ޓާގެޓަށް ﷲ ގެ ހެޔޮ ރަހުމަތުން، ޓޫރިޒަމް އެރައިވަލް ރީޗުވާނެޔޭ ދަންނަވައްޗޭ ޕެސިފިކަށް ދަތުރުކުރަން ފަށައިފީމޭ. [ޔާމީނަށް] ނުވެ އޮތް ކަމެއްވީމާ ހަމަ އެ ވާހަކަ ބުނެލީޔޭ،" ސުޖާއު ވިދާޅުވި އެވެ.

އަމީންގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ދެއްވި މެސެޖުތައް ކަމަށް ވިދާޅުވެ ސުޖާއު ޔާމީނަށް އެއްޗެހި ކިޔުއްވި އެވެ.

އެރޭގެ ޖަލްސާގައި ސުޖާއު ޔާމީންއަށް ކުޑައިމީސްކޮށް ހުތުރުކޮށް އެއްޗެހި ކިޔުއްވި ނަމަވެސް، އޭނާއަކީ ޔާމީންގެ ދިފާއުގައި އެންމެ ގަދައަށް ވާހަކަދެއްކެވި އެކަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox