އަދާލަތު ޕާޓީ ދޫކުރައްވައި އިސްލާމިކް މިނިސްޓަރު، ޝަހީމް ޕީއެންސީއަށް ސޮއިކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: އޭނާ ޕީއެންސީއަށް ސޮއިކުރައްވާފައި ވަނީ އިއްޔެ -- ފޮޓޯ: އަދަދު

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް: އޭނާ ޕީއެންސީއަށް ސޮއިކުރައްވާފައި ވަނީ އިއްޔެ -- ފޮޓޯ: އަދަދު

މީގެ އެއް އަހަރުކުރިން، އަދާލަތު ޕާޓީއަށް ސޮއިކުރެއްވި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދައްކާގޮތުން، ޝަހީމް ޕީއެންސީއަށް ސޮއިކުރައްވާފައި ވަނީ އިއްޔެ އެވެ. އޭގެކުރިން މެއި 1، 2025 އިން ފެށިގެން އޭނާ ހުންނެވީ އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ.

ޝަހީމް ޕީއެންސީއާ ގުޅުވައިވަޑައިގަންނަވާފައި މިވަނީ އޭނާއާމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެ ޕާޓީގެ ތެރޭގައި އޮތްކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. އެގޮތުން، އަދާލަތު ޕާޓީގެ ޓިކެޓުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޝަހީމް ވާދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ޕީއެންސީގެ ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ކަމުގެ އަޑުތައް ކޮންމެވެސް ވަރަކަށް ފެތުރުނެވެ.

އޭގެ އިތުރުން، ޕީއެންސީއަށް ސޮއިކުރުމަށް ތަކުރާރުކޮށް މީގެ ކުރިން ވެސް ޝަހީމްއަށް އެންގި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ. ނަމަވެސް، މީގެ ކުރިން ޝަހީމް ވަނީ ޕީއެންސީއަށް ސޮއިކުރައްވަން އުޒުރުވެވަޑައިގެންފަ އެވެ.

ކުއްލިއަކަށް ޝަހީމް ޕީއެންސީއަށް ސޮއިކުރެއްވި ސަބަބެއް ނޭނގެ އެވެ. އެކަމާ ބެހޭގޮތުން އޭނާގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މިނިސްޓަރު ޝަހީމް އިދިކޮޅު އަދާލަތު ޕާޓީއާ ގުޅެން ނިންމައިފި

އަދާލަތު ޕާޓީ އުފެދުނީއްސުރެން އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝަހީމް އެ ޕާޓީން ވަކިވީ 2015 ގައި އޭރުގެ ސަރުކާރާ ދެކޮޅަށް އެ ޕާޓީން މަސައްކަތް ކުރަން ފެށުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން. އެ ފަހުން އޭނާ ގުޅިވަޑައިގެންނެވީ ޕީޕީއެމްއާ.

މިދިޔަ އަހަރު ޝަހީމް އަލުން އަދާލަތު ޕާޓީއަށް ސޮއިކުރަން ނިންމެވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްއަކު ހޮވަން ބާއްވާ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އޮތް އެ އިންތިހާބުގައި އޭނާ ވާދައެއް ނުކުރައްވަ އެވެ.

ޝަހީމްއަކީ އަދާލަތު ޕާޓީ އުފެދުނީއްސުރެ ވެސް އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގެންނެވީ 2015 ގައި އޭރުގެ ސަރުކާރާ ދެކޮޅަށް އެ ޕާޓީން މަސައްކަތް ކުރަން ފެށުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އެ ދުވަސްވަރު އޭނާ ވަނީ އިސްލާމިކް މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ. އޭރު އޮތީ އަދާލަތު ޕާޓީގެ ސްލޮޓުތަކުގައި އެންމެންނަށް އިސްތިއުފާ ދޭން ވެސް އަންގާފަ އެވެ.

ޝަހީމް އަދާލަތު ޕާޓީން ވަކިވަމުން ވިދާޅުވީ އެ ޕާޓީން ވަކިވަނީ ސިޔާސީ މައިދާނުން ދުރަށް ގޮސް، އިސްލާމީ އިލްމު އުނގަންނައިދިނުމަށް ވަގުތު ހުސްކުރެއްވުމަށް ކަމަށެވެ. ދެން އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގަ އެވެ.

ނަމަވެސް ޝަހީމް ވަނީ 2018 ގައި، އޭރުގެ ރައީސް އަބްދުالله ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އެ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ގުޅިވަޑައިގެން ވާދަކުރައްވާފަ އެވެ. އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ޕީޕީއެމްއާ އެކީ ދުވަސްކޮޅެއް މަސައްކަތް ކުރެއްވުމަށް ފަހު ސިޔާސީ މައިދާނުން އޭނާގެ އަޑު ފަޑުވެގެން ދިޔަ އެވެ.

ޝަހީމް އަލުން ސިޔާސީ މައިދާނުން ފެންނަން ފެށީ 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރުގަ އެވެ. އެ ގޮތުން އޭނާ ވަނީ އަދުގެ ރައީސް އަދި އޭރު ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކުރައްވަން ރަށްރަށަށް ވަޑައިގަންނަވާ، ވާހަކަ ދައްކަވާފަ އެވެ.

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވީއިރު، މިއީ ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނަވާ ތިން ވަނަ ފަހަރެވެ. ފުރަތަމަ އޭނާ އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ. ދެން އުފެދުނު ޔާމީންގެ ސަރުކާރުގައި ވެސް އޭނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox