ރައީސް އޮފީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖަކީ އަދަދުއަށް ލިޔުމުން ދިން ރަސްމީ ޖަވާބު ކަމަށް އެ އޮފީހުން ބުނެފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު އާއި އެ ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ފިޔަވަޅު އެޅިކަމަށް ބުނެ ވަޓްސެޕް މެދުވެރިކޮށް ފޮނުވި މެސެޖަކީ ރަސްމީ ލިޔުމެއް ކަމަށް އެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަދަދު ނޫހަށް ފިޔަވަޅު އެޅިކަން އަންގާފައި ވަނީ މިއަދާ ހަމައަށް ވެސް ރައީސް އޮފީހުގައި މީޑިއާއާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި ކަމަށެވެ.

"ރަސްމީ ވަޓްސްއެޕް ގްރޫޕުގައި ލިޔާ ލިޔުމަކީ މި އޮފީހުން ހިއްސާކުރާ ރަސްމީ އިލެކްޓްރޯނިކް ލިޔުމެއްކަމުން، އަދަދު ނޫހަށް ފިޔަވަޅު އެޅިކަން އެ ވަނީ ލިޔުމުން އެންގިފަ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ރައީސް އޮފީހުން އެ ބަޔާން ނެރުނީ އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގު ޓީވީ އާއި ސޯސަލް މީޑިއާގެ ދެ ނޫސްވެރިން ކުރި ސުވާލަށް ރައްދު ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ އެ ދެ ނޫސްވެރިން ސުވާލުކުރީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 43 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެ ނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.

އެ މާއްދާއާ ހަވާލާދީ ސަންގު ޓީވީގެ ނޫސްވެރިޔާ ނަޖާހު މަސްއޫދު ސުވާލުކުރީ އަދަދު ނޫހަށް ރައީސް އޮފީހުން ފިޔަވަޅު އެޅި ސަބަބު ހާމަނުކުރަނީ ކީއްވެތޯ އެވެ.

ރައީސް އޮފީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވާ މެސެޖުތަކަކީ ރަސްމީ ލިޔުންކަމަށް ބުނެ ބަޔާން ނެރުނީ ނަޖާހުގެ އެ ސުވާލަށް ރައްދުދީ އެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރުޒުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

އެކަން ފާހަަގަކޮށް، ސޯސަލްގެ ނޫސްވެރިޔާ، ނަހުދާ ފާއިޒް ސުވާލުކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި ނުވާ ބާރެއް ބޭނުންކޮށް އަސާސީ ހައްގުގަތަކުގެ ބާބުގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ ހައްގު ހަނިކުރީ ކީއްވެތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށެވެ.

"މި ސަރުކާރުން ހަމަ މި ހުރިހާ ކަމެއް ވެސް މި ކުރަނީ ގާނޫނުއަސާސީއާ އެއްގޮތަށް އިނގޭތޯ؟ ގާނޫނުއަސާސީއާ ހިލާފަށްކުރި އެއްވެސް ކަމެއް އެއްވެސް ނޫސްވެރިއަކަށް ފާހަގައެއް ނުކުރެއްވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކައަށް ބާރުދީ ރައީސް އޮފީހުގެ ބަޔާނުގައި ބުނީ ރައީސްއޮފީހުގެ އެއްވެސް އުސޫލެއް ނުވަތަ ގަވާއިދަކުން ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވާފަދަ ހާލަތެއް މެދުވެރިއެއް ނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox