ވޯލްޑް ކަޕް ސްކޮޑުން ބާކީވި ޖޮއާއޯ ޕެޑްރޯ އަލުން ބްރެޒިލް ޓީމަށް

Sep 10, 2026, 11:32 AM
ބްރެޒިލް މެޗެއްގެ ތެރެއިން ޖޮއާއޯ ޕެޑްރޯ: ވޯލްޑް ކަޕުން ޖާގަ ގެއްލުނު ނަމަވެސް އަލުން ޓީމުން މި ވަނީ ފުރުސަތު ހޯދައިފައި.

ބްރެޒިލް މެޗެއްގެ ތެރެއިން ޖޮއާއޯ ޕެޑްރޯ: ވޯލްޑް ކަޕުން ޖާގަ ގެއްލުނު ނަމަވެސް އަލުން ޓީމުން މި ވަނީ ފުރުސަތު ހޯދައިފައި.

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ސެޕްޓެމްބަރު 10) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިދިޔަ ޖޫން/ ޖުލައި މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ބްރެޒިލް ސްކޮޑުން ބާކީވި ޗެލްސީގެ ފޯވާޑް، ޖޮއާއޯ ޕެޑްރޯ އަށް އަލުން ބްރެޒިލް ޓީމުން ޖާގަ ދީފި އެވެ. 

މިދިޔަ ސީޒަނުގައި ޖޮއާއޯ ޕެޑްރޯ، 24، ވަނީ ޗެލްސީ އަށް ކުޅެދިން، 50 މެޗުން 20 ލަނޑު ޖަހައި، ނުވަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެކަމަކު، ބްރެޒިލްގެ ކޯޗަކަށް ހުރި އިޓަލީގެ ކާލޯ އަންޗެލޮޓީ ވަނީ، ވޯލްޑް ކަޕް ސްކޮޑުން ޖޮއާއޯ ޕެޑްރޯ ބާކީކޮށް، ނޭމާ އަށް ފުރުސަތު ދީފަ އެވެ. ވޯލްޑް ކަޕްގައި ނޭމާ ކުުޅުނީ ހަމައެކަނި 37 މިނިޓެވެ. 

ބްރެޒިލުން ކުރިއަށް އޮތް ފީފާ ބްރޭކުގައި އޮސްްޓްރޭލިއާއާ ދެކޮޅަށް ދެ މެޗު ކުޅުމުގެ އިތުރުން، އިންޑިއާގެ ކަލްކަތާގައި އެ ޓީމާ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، ބަންގްލަދޭޝްގައި އެ ގައުމާ ދެކޮޅަށް ކުޅެން ވެސް ބްރެޒިލުން ވާހަކަ ދައްކާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

އެ މެޗުތަކަށް ނެގި ބްރެޒިލްގެ ސްކޮޑުން، ޖޮއާއޯ ޕެޑްރޯގެ އިތުރުން، ޗެލްސީގެ އެސްޓެވާއޯ އަށް ވެސް ފުރުސަތު ދީފައިވެ އެވެ. މި ސީޒަނުގައި ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޗެލްސީގެ ފުރަތަމަ އެގާރައިގައި، ޖޮއާއޯ ޕެޑްރޯ ކުޅެމުން އަންނައިރު، އެސްޓެވާއޯ އަށް ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. 

ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުރިން ކުޅެފައިވާ ޖޮއާއޯ ޕެޑްރޯ، އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެފައިވަނީ، 2023 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އަތުން ބްރެޒިލް ބަލިވި މެޗުގަ އެވެ. ބްރެޒިލް ޓީމަށް މިހާތަަނަށް ކުޅެދިން އަށް މެޗުން ޖޮއާއޯ ޕެޑްރޯ އަށް އަދި ގޯލެއް ޖެހިފައިނުވެ އެވެ. 

އެންމެ ފަހުން، ޖޮއާއޯ ޕެޑްރޯ، ބްރެޒިލަށް ކުޅެދިން މެޗަކީ، މިދިޔަ އޭޕްރީލް މަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. 

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ވަޓްފޯޑާއި ބްރައިޓަން އަށް ވެސް ކުޅުނު ޖޮއާއޯ ޕެޑްރޯ ވަނީ މި ފަހަރުގެ ޕްރީ ސީޒަނުގެ އިތުރުން ސީޒަނުގެ މިހާ ހިސާބަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، މި ސީޒަނުގައި މިހާތަނަށް ޖޮއާއޯ ޕެޑްރޯ ކުުޅުނު ހަތަރު މެޗުން ދެ ލަނޑު ޖަހައި، ދެ ލަނޑު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox