ބްރެޒިލްގެ ތަރި ރޮބާޓޯ ކާލޯސް އިސްލާމްވެއްޖެ: ތުރުކީ މީޑިއާ

Aug 19, 2026, 6:15 AM
ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ރޮބާޓޯ ކާލޯސް

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ރޮބާޓޯ ކާލޯސް

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮގަސްޓް 19) - ބްރެޒިލްގެ ލެޖެންޑަރީ ތަރި، ރޮބާޓޯ ކާލޯސް، އިސްލާމްވެފައިވާ ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތަކެއް ބުނެފި އެވެ. 

ތުރުކީގެ ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ ރޮބާޓޯ ކާލޯސް އިސްލާމް ދީން ގަބޫލުކޮށްފައިވަނީ މީގެ ހަތަރު ވަރަކަށް ހަފްތާ ކުރިންނެވެ. އެއީ، ބްރެޒިލްގެ މުސްލިމް ކޮމިއުނިޓިގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝެއިހް ޖިހާދު ހަމާދާއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ޝަހާދަތުގެ ދެ ކަލިމަ ކިއުމަށް ފަހު ކަމަށް ވެސް ތުުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.  

ކުރިން ރެއާލް މެޑްރިޑްގެ އިތުރުން، ތުރުކީގެ ފެނަބާޗޭ އަށް ވެސް ކުޅެފަައިވާ ރޮބާޓޯ ކާލޯސް، އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށް ތުރުކީގެ މީޑިއާ އާއި ބްރެޒިލްގެ އެކި ނޫސްތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް، މިހާތަނަށް ރަސްމީ ސިފައެއްގައި ރޮބާޓޯ ކާލޯސް މި ކަމާ ބެހޭގޮތުން، ވާހަކަ ދައްކާފައެއް ނުވެ އެވެ. 

Advertisement

ތުރުކީ މީޑިއާ އިން ރޮބާޓޯ ކާލޯސްގެ މި ވާހަކަތައް އެންމެ ބޮޑަށް ރިޕޯޓްކޮށްފައިވަނީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަލީ ޝާހީން ދެއްކެވި ވާހަކަތަކާ ގުޅުވައިގެންނެވެ.

އެ ގޮތުން، ތުރުކީގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ މެމްބަރު ޝާހީން ވިދާޅުވީ، މީގެ ހަތަރު ވަރަކަށް ހަފްތާ ކުރިން ބްރެޒިލްގެ މުސްލިމް ކޮމިއުނިޓީއާ އެކު، ގިނަ ވަގުތުތަކެއް ރޮބާޓޯ ކާލޯސް ހޭދަކޮށްފައިވާ ކަމަށެވެ. އަދި، ޝެއިހް ހަމަދާގެ ފަރާތުން، ޝާހިން އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރޮބާޓޯ ކާލޯސް ވަނީ އިސްލާމްދީން ގަބޫލުކޮށް، މުސްލިމެއްގެ ގޮތުގައި ކުރިއަށްދިއުމަށް ނިންމާފައި ކަމަށެވެ. 

މޮރޮކޯ އާއި ސްޕެއިނުގެ މީޑިއާ އާއި ސޯޝަލް މީޑިއާގައި މިދިޔަ ޖުލައި 25 ވަނަ ދުވަހު އަދި މި މަސް ތެރޭ ދައުރުވި ފޮޓޯތަކަށް ބަލާއިރު، ރޮބާޓޯ ކާލޯސް ވަނީ ދާދި ފަހުން، މޮރޮކޯގެ މޮޑެލް އެއް ކަމަށްވާ ސުހެއިލާ އަލް ތަހީރީއާ ކައިވެނިކޮށްފަ އެވެ. ސުހައިލާ އަލް ތަހީރީ އަކީ ފީފާގެ ލައިސަންސް އޮތް ފުޓްބޯޅަ އެޖެންޓެކެވެ. 

ބްރެޒިލްގެ ތިން ކްލަބެއް ކަމަށްވާ އުނައިއޯ ސައޮ ޖޮއާއޯ އާއި އެތުލެޓިކޯ މިނޭރޯ އަދި ޕަލްމެއިރާސް އަށް ކުޅުނު ރޮބާޓޯ ކާލޯސް، އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބަކަށް ބަދަލުވީ، 1995 ވަނަ އަހަރު އިންޓަ މިލާނަށެވެ. އޭގެ ޖެހިގެން އައި އަަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ، 2007 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުޅެ، އެ އަހަރު މެދުތެރެއިން، ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވި އެވެ. ދެ އަހަރު އެ ޓީމަށް ކުޅެދިނުމަށް ފަހު، 2010 އާއި 2011 ވަަނަ އަހަރު އަލުން ބްރެޒިލަށް ގޮސް ކޮރިންތިއަންސް އަށް ކުޅުނެވެ. އޭގެ ފަހުން، 2011 އާއި 2012 ވަނަ އަހަރު ރަޝިއާގެ އަންޒީ މަކަޗްކަލާ އަށް ކުޅުމަށް ފަހު، ރިޓަޔާކުރީ، 2015 އާއި 2016 ވަނަ އަހަރު އިންޑިއަން ސުޕަ ލީގުގެ ދިއްލީ ޑައިނަމޯސް އަށް ކުޅެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox