އޮކްޓޫބަރު މަހު ކަލްކަތާގައި ބްރެޒިލާއި އިންޑިއާ ބައްދަލުކުރާ މެޗެއް

Jul 30, 2026, 11:14 PM
ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ވިނީޝިއުސް އުފާފާޅުކުރަނީ.

ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ވިނީޝިއުސް އުފާފާޅުކުރަނީ.

މުމްބާއި، އިންޑިއާ (ޖުލައި 30) - ބްރެޒިލުން އަންނަ އޮކްޓޫބަރު މަހު، އިންޑިއާގެ ކަލްކަތާގައި އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް މެޗެއް ކުޅޭ ގޮތަށް ހަަމަޖެހިއްޖެ އެވެ. 

ސެޕްޓެމްބަރު މަހުގެ ދިގު ފީފާ ބްރޭކް (ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް) ގެ ތެރޭގައި ބްރެޒިލުން ކުޅޭ ފުރަތަމަ ދެ މެޗު އޮތީ އޮސްޓްރޭލިއާގަ އެވެ. އެއީ، ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ޓައުންސްވިލްގައި އަދި އޭގެ ހަތަރު ދުވަސް ފަހުން، ބްރިސްބޭންގަ އެވެ. 

އެ ދެ މެޗަށް ފަހު، ދެން ބްރެޒިލުން ކުޅޭ މެޗު ކަލްކަތާގައި ރޭވުމަަށްޓަކައި، ގިނަ މަޝްވަރާތަކެއް ދިޔައީ ކުރަމުންނެވެ. 

Advertisement

ބްރެޒިލުން އޮކްޓޫބަރު މަހު ކަލްކަތާގައި މެޗެއް ކުޅެނީ

އަންނަ އޮކްޓޫބަރު މަހު އިންޑިއާގެ ކަލްކަތާގައި ބްރެޒިލްގެ ގައުމީ ޓީމު މެޗެއް ކުޅުމަށްޓަކައި އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ މަޝްވަރާކުރަމުންނެވެ. މި މެޗު އިންޑިއާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުމަށް މަސައްކަތް ކުރަމުންދާއިރު، އެހެން ގައުމުތަކެއް ވެސް މި މެޗު އެ ގައުމުތަކަށް ގެންދަން އަންނަނީ މަސައްކަތް ކުރަމުން.

ރިޕޯޓްތައް ބުނާގޮތުގައި، އޮކްޓޫބަރު ކުޅޭ މި މެޗު، ބަންގްލަދޭޝް، ސިިންގަޕޫރު އަދި ގަތަރުގައި ކުޅެން ވެސް މީގެ ކުރިން މަޝްވަރާކުރި އެވެ. އެކަމަކު، ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު، އެންމެ ރަނގަޅަށް ވާހަަކަތައް ކުރިއަށް ގެންގޮސް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން މިހާރު ވަނީ އޮކްޓޫބަރު ތިން ވަނަ ދުވަހު ބްރެޒިލާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅެން ހުރިހާ ކަމެއް ހަމަޖައްސައިފަ އެވެ. 

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލަކީ މި ވަގުތު އޮތީ ފީފާ ރޭންކިންގެ ފަސް ވަނަ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް އޯޑިއަންސް ކަމަށްވާ އިންޑިއާ އަކީ، ޒަމާނުއްސުރެން ބްރެޒިލަށް ތަރުހީބު ދޭ ގިނަ ސަޕޯޓަރުންތަކެއް އުޅޭ ގައުމެއް ކަމަށެވެ. 

"ބްރެޒިލް ފުޓްބޯޅަ އަށް އާދަޔާހިލާފު ޝައުގުވެރިކަމަކާއި ޖޯޝެއް ހުންނަ އެތައް ސަޕޯޓަރުންނެއް އިންޑިއާގަައި އުޅޭ. އަހަރެމެން ބޭނުން އިންޑިއާގެ އެތައް މިލިއަން އޭގެ ސަޕޯޓަރުންނާ އެކު ތަޖުރިބާތަކެއް ކުރަން. އެ އެންމެން ކަލްކަތާގައި ބައްދަލުވާނެ ކަމުގެ އުންމީދުކުރަން،" ބްރެޒިލްގެ ބަޔާނުގައިވެ އެވެ. 

މީގެ ކުރިން، ކަލްކަތާގައި ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި ޕެލޭ ވަނީ ކުޅެފަ އެވެ. ބްރެޒިލަށް މަރުދޭ ގިނަ ސަޕޯޓަރުންނެއް އިންޑިއާގައި އުޅޭއިރު، ޕެލޭ އިންޑިއާގެ އެޑެން ގާޑެންސްގައި ކުޅެފައިވަނީ، ކްލަބް މެޗެކެވެ. އެއީ، އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އަށް 1977 ވަނަ އަހަރު ޕެލޭ ކުޅުނުއިރު، އިންޑިއާ އަށް ކުރި ދަތުރެއްގައި މޯހަން ބަގާންއާ ދެކޮޅަށެވެ. 

ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި 2011 ވަނަ އަހަރު އާޖެންޓީނާ އާއި ވެނެޒުއޭލާ ވަނީ މެޗެއް ކުޅެފަ އެވެ. އަދި، 2008 ވަނަ އަހަރު ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކުން ވަނީ ސޯލްޓް ލޭކުގައި މޯހަން ބަގާންއާ އެކު މެޗެއް ކުޅެފަ އެވެ. އަދި، މިދިޔަ އަހަރު ލިއޮނަލް މެސީ ވަނީ އިންޑިއާ ޓުއާގައި، ކަލްކަތާގައި ވެސް ހާއްސަ އިވެންޓެއްގައި ބައިވެރިވެފަ އެވެ. 

އިންޑިއާ އިން އޮކްޓޫބަރު މަހު، ބްރެޒިލާ ދެކޮޅަށް ކުޅޭނީ، ފީފާ އާސިއާން ކަޕްގައި ކުޅުމަށް ފަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox