އިސްލާމްވި ކަމަށް ދެކޭ ވާހަަކައާ ގުޅޭގޮތުން ރޮބާޓޯ ކާލޯސް ޖަވާބުދީފި

Aug 20, 2026, 9:54 AM
ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ރޮބާޓޯ ކާލޯސް

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ރޮބާޓޯ ކާލޯސް

ރިޔާދު، ސައުދީ އަރަބިއްޔާ (އޮގަަސްޓް 20) - ބްރެޒިލްގެ ލެޖެންޑަރީ ތަރި، ރޮބާޓޯ ކާލޯސް، އިސްލާމްވެފައިވާ ކަމަށް ތުރުކީގެ މީޑިއާތަކެއްގައި ރިޕޯޓްކުރުމާ ގުޅިގެން، އޭނާ، ސައުދީ އަރަބިއްޔާގެ ނޫހަކަށް ވާހަކަ ދައްކައިފި އެވެ. 

ތުރުކީގެ ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ ރޮބާޓޯ ކާލޯސް އިސްލާމް ދީން ގަބޫލުކޮށްފައިވަނީ މީގެ ހަތަރު ވަރަކަށް ހަފްތާ ކުރިންނެވެ. އެއީ، ބްރެޒިލްގެ މުސްލިމް ކޮމިއުނިޓިގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝެއިހް ޖިހާދު ހަމާދާއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ޝަހާދަތުގެ ދެ ކަލިމަ ކިއުމަށް ފަހު ކަމަށް ވެސް ތުުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

ބްރެޒިލްގެ ތަރި ރޮބާޓޯ ކާލޯސް އިސްލާމްވެއްޖެ: ތުރުކީ މީޑިއާ

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްވެފައިވާ ކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި. މި ރިޕޯޓްތައް ބުނާގޮތުން އޭނާ އިސްލާމްވީ ބްރެޒިލްގެ އިލްމުވެރިއެއްގެ އެހީގައި މީގެ ހަތަރު ހަފްތާ ކުރިންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ކާލޯސް އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވޭ

ކުރިން ރެއާލް މެޑްރިޑްގެ އިތުރުން، ތުރުކީގެ ފެނަބާޗޭ އަށް ވެސް ކުޅެފަައިވާ ރޮބާޓޯ ކާލޯސް، އިސްލާމް ދީން ގަބޫލުކޮށްފައިވާ ކަމަށް ތުރުކީގެ މީޑިއާ އާއި ބްރެޒިލްގެ އެކި ނޫސްތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އިއްޔެއާ ހަމައަށް ރަސްމީ ސިފައެއްގައި ރޮބާޓޯ ކާލޯސް މި ކަމާ ބެހޭގޮތުން، އެއްވެސް މީޑިއާ އަކަށް، ވާހަކަ ދައްކާފައެއް ނުވެ އެވެ. 

ސައުދީގެ ނޫހެއް ކަމަށްވާ އޯކާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮބާޓޯ ކާލޯސް، އިސްލާމްދިން ގަބޫލުކުރި ކަމަށް ދެކެވޭ ވާހަކަ އޭނާ ވަނީ ދޮގުކޮށްފަ އެވެ. 

"އަހަރެން އިސްލާމްދީނަށް ވަރަށް އިހުތިރާމްކުރަން. އަދި، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް އެއީ އަހަރެންގެ އަންހެނުން ނަމާދުކުރާތަން ފެނުމަކީ. އެކަމަކު، ފެތުރިފައިވާ ވާހަކައާ ބެހޭގޮތުން އެއްޗެއް ބުނާނަަމަ، އަހަރެން އިސްލާމްވެއްޖެ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް،" އޯކާޒް އަށް ރޮބާޓޯ ކާލޯސް ބުނެފައިވެ އެވެ. 

ރޮބާޓޯ ކާލޯސް ވަނީ ދާދި ފަހުން، މޮރޮކޯގެ މޮޑެލް އެއް ކަމަށްވާ ސުހެއިލާ އަލް ތަހީރީއާ ކައިވެނިކޮށްފަ އެވެ. ސުހައިލާ އަލް ތަހީރީ އަކީ ފީފާގެ ލައިސަންސް އޮތް ފުޓްބޯޅަ އެޖެންޓެކެވެ. އެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ. ކާލޯސް ބުނީ، އަންހެނުންނާއި އޭނާގެ އާއިލާގެ ދިނީ ކަންކަމަށް އިހުތިރާމްކުރުމުގެ ގޮތުން، އެކި ގޮތަށް ހަފްލާ ބާއްވާފަައިވާނެ ކަމަށެވެ. 

"އާއިލާ މީހުންގެ ދީނީ ގަބޫލުކުރުންތަކާ އެއްގޮތަށް ކައިވެނި ހަފްލާތައް ބާއްވާފައިވާނީ. ކެތަލިކް އާއި މުސްލިމުން މި އުޅެނީ އާއިލާ އށް ރައްޓެހިންގެ ތެރޭގައި،" ރޮބާޓޯ ކާލޯސް، ބުނެފައިވާ ކަމަށް އޯކާޒްގައި ރިޕޯޓްކޮށްފައިވެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox