ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށާނެ: މުއިއްޒު

ނޮވެމްބަރު 5، 2025 ގައި މުއިއްޒު އައްޑޫގައި ހުންނަ ޝަންގްރީލާ ރިސޯޓު ބައްލަވާލައްވަނީ: މުއިއްޒު ވިދާޅުވަނީ ތިން އަހަރުގެ ތެރޭގައި ދިވެހިން ހިއްސާވާ ރިސޯޓުތައް ނިމޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 5، 2025 ގައި މުއިއްޒު އައްޑޫގައި ހުންނަ ޝަންގްރީލާ ރިސޯޓު ބައްލަވާލައްވަނީ: މުއިއްޒު ވިދާޅުވަނީ ތިން އަހަރުގެ ތެރޭގައި ދިވެހިން ހިއްސާވާ ރިސޯޓުތައް ނިމޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް ސަރުކާރުން ތަރައްގީކުރާނެ ކަމަށް ބުނެފައިވާ ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން ބައެއް ރިސޯޓުތަކުގެ މަސައްކަތް އަންނަ ނޮވެމްބަރުގައި ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިން ހިއްސާވާ ރިސޯޓުތަކަކީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު އިއުލާންކުރެއްވި ކަމެކެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ 10 ރިސޯޓެއް ތަރައްގީކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭރު ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ. 

މި މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގައި އަދާހަމަ ހިއްސާކުރައްވަމުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މި ހަފުތާގެ ތެރޭގައި ރިސޯޓުތައް ތަރައްގީކުރަން ބޭނުންވާ ތަންތަން ކަނޑައަޅާ ނިމޭނެ ކަމަށެވެ.

Advertisement

"އަޅުގަނޑުމެން މިހާރު 10 ރިސޯޓު ގާއިމުކުރުމަށް މާލެ އަތޮޅާއި އެކި އަތޮޅުތަކުން ބިންތަކާއި ފަޅުތަކާއި ރަށްތައް ކަނޑައަޅާ ނިމި، މި ހަފުތާ ތެރޭގައި ނިމި، ދެން އަޅުގަނޑުމެން އޭގެ ދެން ހުރި މަސައްކަތްތަކަށް ގޮސް، އިރާދަކުރެއްވިއްޔާ ހަމަ އުއްމީދަކީ ހަމަ ނޮވެމްބަރު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މީގެ ބައެއް މަޝްރޫއުތައް ފެށިގެންދާނެ،"

މުއިއްޒު ވަނީ ކުރިން ވެސް ވިދާޅުވި ގޮތަށް ތިން އަހަރު ނުވަތަ 36 މަސް ދުވަހުގެ ތެރޭގައި މި ރިސޯޓުތަކުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، މި ޕްރޮޖެކްޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރިސޯޓުތަކެއް ތަރައްގީކޮށް، ރައްޔިތުންނަށް ހިއްސާ ބަހައި، ޑޮލަރުން ފައިސާ ބަހަން މުއިއްޒު ވައުދުވެވަޑައިގެންފި

"އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ."

މި ރިސޯޓުތަކުގެ އަދާހަމަ ހިއްސާކުރައްވަމުން މުއިއްޒު ވަނީ، މިއީ ނުވާނެ ކަމެއްކަމަށް ބުނެ މި ކަމަށް ފާޑުކިޔާ މީހުންނަށް ވެސް ރައްދެއް ދެއްވާފަ އެވެ. އަދި، ވިދާޅުވީ މި ކަމުގެ އަދާހަމަ ހިއްސާކުރެއްވީ ވެސް އެއީ ހަމަ ދެއްކި ވާހަކައެއް ނޫން ކަން ދަންނަވާލުމުގެ ގޮތުން ކަމަށެވެ.

"މި ޕްރޮޖެކްޓު ވެސް ވަރަށް ބާރަށް ހިނގާ ވާހަކަ ދަންނަވާލީ، އަޅުގަނޑު ހަމަ ރިޔާސީ ބަޔާނުގައި ހަމަ ޖުމްލައެއް ގޮތުގައި އިއުލާންކޮށްލި ކަމެއް ނޫން ކަން ދަންނަވާލުމުގެ ގޮތުން،" މުއިއްޒު ވިދާޅުވި އެވެ. 

ދިވެހިން ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނިއިރު، މި ކަމަށް ހަރަދު ކުރާނެ ގޮތެއް ނޫނީ އެ ހަރަދު ކުރާ ފައިސާ ހޯދާނެ ގޮތެއް ސަރުކާރަކުން އަދި ނުބުނެ އެވެ. 

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމުގައި ރިސޯޓު ލައިފުން އަންދާޒާ ކުރާ ގޮތުގައި، 100 އެނދުގެ ޕްރީމިއަމް ނުވަތަ ހަތަރު ތަރީގެ ރިސޯޓެއް ތަރައްގީކުރަން މަދުވެގެން 40 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. މިހެންކަމުން މި ރޭންޖުގެ 10 ރިސޯޓު ތަރައްގީކުރަން މަދުވެގެން 400 މިލިއަން ޑޮލަރު ބޭނުން ވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox