މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަކި މީޑިއާތަކަށް ދައުވަތު ނުދިނުމުން އެމްޖޭއޭގެ ކަންބޮޑުވުން

އެމްޖޭއޭގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްޖެއޭ

އެމްޖޭއޭގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްޖެއޭ

ރައީސް މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ރާއްޖޭގެ މަގުބޫލު ބައެއް މީޑިއާތަކަށް ދައުވަތު ނުދީ ބާކީކޮށްފައިވާތީ، އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.

ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަނުމުގެ ފުރުސަތު ބައެއް މީޑިއާތަކަށް ނުލިބިގެން އެ ޖަމިއްޔާގެ މެންބަރު ނޫސްވެރިންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

އެމްޖޭއޭ އިން ބުނީ ރައީސް އޮފީހުން ބާއްވާ މިފަދަ މުހިންމު ބައްދަލުވުންތަކުން ވަކި މީޑިއާތަކެއް ބާކީކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށެވެ. އޭގެއިތުރުން އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ރައީސް އޮފީހުން ހުރަސްއެޅުން ކަމަށް ވެސް އެމްޖޭއޭއިން ފާހަގަކުރެ އެވެ. 

Advertisement

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހުރިހާ މީޑިއާތަކަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށް އެމްޖޭއޭއިން ގޮވާލި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު ދޭންވީ ފަރާތްތަކާއި ދައުވަތު ދޭންވީ ގޮތް އެމަނިކުފާނު ކަނޑަނާޅާ ކަމަށެވެ. އެކަން ހިނގައިދިޔަގޮތް ރައީސް އޮފީހުގެ ކަމާބެހޭ ސެކްޝަނުން ބަލާފައި ޖަވާބު ދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑަކީ ނޫސްވެރިންނަށް ދައުވަތު ދޭ މީހެއް ނޫން. އަޅުގަނޑު ދައުވަތު ދޭންވީ ފަރާތްތަކެއް ދައުވަތު ދޭންވީ ގޮތެއް ކަނޑައަޅާ މީހެއް ނޫން. ތިއީ ވަރަށް އިދާރީ ކަންތައްތައް ތި ހުންނަނީ. ދެން ރައީސް އޮފީހުން ކަމާބެހޭ ސެކްޝަނުން ތިކަން ބައްލަވާފައި ދެއްވާނެ ޖަވާބު. އެނގޭތޯ. ދެން ރައީސް އޮފީހުގެ މި ޕްރެސް ކޮންފަރެންސްތަކާ ބެހޭ އުސޫލެއް އެބައޮތް ޕަބްލިޝްކޮށްފައި. އެ އުސޫލާ އެއްގޮތަށް ރައީސް އޮފީހުން ކުރިއަށްގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ. 

ދެ މަހަށްވުރެ ގިނަ ދުވަސްފަހުން މުއިއްޒު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް މިއަދު ދައުވަތު ފޮނުއްވާފައިވަނީ ވަކިވަކި މީޑިއާތަކަށެވެ. ދައުވަތު ފޮނުވި މީޑިއާތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރަށް ސަނާކިޔާ މީޑިއާތަކެވެ. އޭގެއިތުރުން ދައުވަތު ނުދޭ މީޑިއާތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރަށް ސަނާ ނުކިޔާ މީޑިއާތަކެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ނުދޭ މީޑިއާތަކުގެ ތެރޭގައި ހިމެނެނީ ދައުރު ނޫހާއި ރާއްޖެ ޓީވީ ހިމެނެ އެވެ. މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަކި މީޑިއާތަކަކަށް ދައުވަތު ނުދޭން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން އެ އޮފީހުން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވައްދަނީ ހަމައެކަނި އަދަދު ނޫހުގެ ނޫސްވެރިންނެވެ. ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ. އެ ފިޔަވަޅު އަޅާފައިވާކަން މިހާތަނަށްވެސް ރައީސް އޮފީހުން ރަސްމީކޮށް ލިޔުމުން އަދަދު ނޫހަށް އަންގާފައި ނުވެ އެވެ. 

އަދަދު ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުގައި ރައީސް އޮފީހުން ބުނެފައި ވަނީ އެ "ސަސްޕެންޝަން" ދެމިގެން ދަނީ މި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox