ސާރާ، 10 އަހަރުވީ ރާއްޖޭގެ ގައުމީ ރެކޯޑެއް އާ ކޮށްފި

Jul 21, 2026, 4:36 PM
ގައުމީ ފެތުންތެރިޔާ، ސާރާ މުހައްމަދު: އޭނާ ވަނީ ތައިލެންޑުގައި ކުރިއަށްްދާ މުބާރާތުގައި ގައުމީ ރެކޯޑެއް އާ ކޮށްފައި.

ގައުމީ ފެތުންތެރިޔާ، ސާރާ މުހައްމަދު: އޭނާ ވަނީ ތައިލެންޑުގައި ކުރިއަށްްދާ މުބާރާތުގައި ގައުމީ ރެކޯޑެއް އާ ކޮށްފައި.

ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ސާރާ މުޙައްމަދު އާކޮށްފިއެވެ.

މިއީ، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އާ ނުކުރެވި އޮތް ގައުމީ ރެކޯޑެކެވެ. 

އެ ގޮތުން، ތައިލެންޑުގެ ވެރި ރަށް، ބެންކޮކްގައި މިހާރު ކުރިޔަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް 2026 ގައި ސާރާ މި ރެކޯޑް އާ ކޮށްފައިވަނީ 00:35.75 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު މެލޭޝިއާ ގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭސިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕް 2016 ގައި 00:37.17 އިން އިވެންޓް ފުރިހަމަ ކޮށްގެނެވެ. ސާޖިނާގެ ޓައިމިން އަށް ބަލާއިރު، ސާރާ މި ރެކޯޑް އާ ކޮށްފައި މި ވަނީ، އެކަށީގެންވާ ރަނގަޅު ޓައިމިން އަކާ އެކު އެވެ. 

އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭން 38 ފެތުންތެރިން ވާދަކުރެ އެވެ. 

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ފެތުންތެރިންގެ ތެރޭގައި ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ރަނގަޅު ކުރިއެރުންތައް ހޯދި ގިނަ ފެތުންތެރިން ވެސް ހިމެނެ އެވެ. 

އެ ގޮތުން، ތައިލެންޑްގެ މި މުބާރާތުގައި ފެނިގެންދާ ދިވެހި ފެތުންތެރިންނަކީ، ސާރާގެ އިތުރުން، އަޒާން އަޒްމީލް ލަތީފް، ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން، މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ އަހްމަދު ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި އަލައިޔާ ޝަހުދީ އަންވަރު އެވެ.

ތައިލެންޑް މުބާރާތުގައި ރާއްޖޭން ބޮޑު ސްކޮޑެއް ވާދަކުރާއިރު، ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅު އެވެ. މީގެ އިތުރުން، ރާއްޖޭގެ ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރު އެވެ.

ތައިލެންޑުގެ މުބާރާތުގައި ގިނަ ފެތުންތެރިންތަކެއް ވާދަކުރަމުން އަންނައިރު، މި މަހު، ގްލާސްގޯގައި ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން ވަނީ ސްކޮޓްލެންޑަށް ދިއުމަށް ފުރައިފަ އެވެ. އެ ފެތުންތެރިންނަކީ، އަމްނާ ތަޒްކިޔާ މިރުސާދު، މެރާލް އައިން ލަތީފް، މުހައްމަދު ރިހާން ޝިހާމް، ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު އާން ހުސެއިން އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox