ފަހަތުން އަރައި ކޯމޯ ބަލިކޮށް އިންޓަ އިން އިޓާލިއަން ކަޕް ފައިނަލަށް

Apr 22, 2026, 10:38 AM
ރޭގެ މެޗުގައި ކޯމޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޗަނޮނޯލޫ އުފާފާޅުކުރަނީ.

ރޭގެ މެޗުގައި ކޯމޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޗަނޮނޯލޫ އުފާފާޅުކުރަނީ.

މިލާން (އޭޕްރީލް 22) - އިޓާލިއަން ކަޕް ސެމީ ފައިނަލު ދެ ވަނަ ލެގުގައި ރޭ ފަހަތުން އަރައި 3-2 އިން ކޯމޯ ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ކުޅޭ އިޓާލިއަން ކަޕް ފައިނަލުގައި އިންޓަ އިން ނުކުންނާނީ ސެމީ ފައިނަލް ދެ ވަނަ މެޗުގައި އެޓަލަންޓާ އާއި ލާޒިއޯ ކުޅެގެން މޮޅުވާ ޓީމެކެވެ. ލާޒިއޯ އިން ވަނީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-2 އިން އެޓަލަންޓާއާ އެއްވަރުވެފަ އެވެ. ދެ ވަނަ ލެގު މިރޭ އޮންނާނީ އެޓަލަންޓާ ދަނޑުގަ އެވެ. 

މިލާނުގެ ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކޯމޯ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ކޯމޯ އިން ލީޑުނެގީ 31 ވަނަ މިނިޓްގައި މާޓިން ބަޓުރީނާ ޖެހި ގޯލުންނެވެ. އިންޓަ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ބަޓުރީނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އިންޓަ އަށް އެއްވަރުކޮށްދޭން މާކަސް ތުރާމް ބޮލުން ޖެހި ބޯޅައެއް ކޯމޯ ކުޅުންތެރިން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. 

އެއް ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި ކޯމޯ އިން ވަނީ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިިނިޓްގައި އިތުރު ގޯލެއް ޖަހައި، ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ލޫކަސް ޑަ ކޫންޏާ އެވެ.  މިއީ، ނިކޯ ޕާޒް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޑަ  ކޫންޏާ ޖެހި ގޯލެކެވެ. 

އިންޓަ އިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ކުޑަތަންކޮޅެއް ބޭރުން ލިބުނު ފުރުސަތެއްގައި، އިންޓަގެ މިޑްފީލްޑަރު، ހަކަން ޗަނޮނޯލޫ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ. މިއީ، ޕީޓާ ސުޗިޗް ދިން ބޯޅައަކުން ޗަަނޮނޯލޫ ޖެހި ގޯލެކެވެ. އިންޓަގެ ތިން ގޯލުގައި ވެސް ފެނުނީ މި ކޮމްބިނޭޝަނެވެ. އެ ގޮތުން، އިންޓަ އިން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނިޓްގައި ސުޗިޗް ނެގި ހުރަހަކުން ޗަނޮނޯލޫ ބޮލުން ވައްދާލި ގޯލުންނެވެ. އަދި، އިންޓަ މޮޅުވީ، އެއްވަރުކުރިތާ ދެ މިނިޓް ފަހުން، ޗަނޮނޯލޫ ދިން ބޯޅައަކުން ސުޗިޗް ކާމިޔާބުކުރި ގޯލަކުންނެވެ. ސުޗިޗް ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. 

އިންޓަ އިން ވަނީ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައިފަ އެވެ. އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ އިން އެންމެ ފަހުން އިޓާލިއަން ކަޕް ކާމިޔާބުކުރީ 2023 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox