ކޯމޯ އަތުން މޮޅުވެ އިންޓަ އިން ލީގުގެ ފުރުސަތު ބޮޑުކޮށްފި

Apr 13, 2026, 8:14 AM
އިންޓަ މިލާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އިންޓަ މިލާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

މިލާން (އޭޕްރީލް 13) - އިޓާލިއަން ލީގުގައި ރޭ ފަހަތުން އަރައި 4-3 އިން ކޯމޯ އަތުން މޮޅުވެ، އިންޓަ މިލާނުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. 

ލީގުގެ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ ވަނީ ރޭ ކުޅުނު މެޗުން 1-1 އިން ޕާމާއާ އެއްވަރުވެފަ އެވެ. އިންޓަ އިން އެއް ވަނައިގައި އޮތީ 32 މެޗުން 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 32 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޭސީ މިލާނުގެ އޮތީ 32 މެޗުން 63 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ޔުވެންޓަސް އަށް 32 މެޗުން 60 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ކޯމޯ އަށް 32 މެޗުން 58 ޕޮއިންޓް ލިބިފައިވެ އެވެ. 

ކޯމޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން، 36 ވަނަ މިނިޓްގައި އަލެކްސް ވައޭ އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިިދިންއިރު، 45 ވަނަ މިނިޓްގައި ނިކޯ ޕަޒް ވަނީ ކޯމޯގެ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ދެ ގޯލުގެ ލީޑެއްގައި އޮވެ، ކޯމޯ އަށް ފުރަަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާކަސް ތުރާމް ވަނީ އިންޓަގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރު މިނިޓް ތެރޭ ތުރާމް ވަނީ އިތުރު ގޯލެއް ޖަހައި، އިންޓަ އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގައި ފުރަތަމަ ފަހަރަށް އިންޓަ އިން ލީޑުނެގި އެއްވަރުކުރިތާ ނުވަ މިނިޓް ފަހުން، މެޗުގެ 58 ވަނަ މިނިޓްގައި ޑެންޒެލް ޑަމްފްރީސް ޖެހި ގޯލުންނެވެ. މިއީ، ހަކަން ޗަނޮނޯލޫ ދިން ބޯޅައަކުން ޑަމްފްރީސް ޖެހި ލަނޑެކެވެ. އަދި، ޑަމްފްރީސް ވަނީ މެޗުގެ 72 ވަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައި، އިންޓަ އަށް ލީޑުފުޅާކޮށްދީފަ އެވެ. 

ކޯމޯ އިން އެއްވަރުކުރެވޭތޯ ގިނަ ބަދަލުތަކެއް ގެނެސްގެން އެޓޭކަށް ކުޅުންތެރިން ގިނަ ކުރަމުންދިޔަ އެވެ. އެ ޓީމުން އެޓޭކްތައް ރަނގަޅުކޮށް، މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖެހި އެވެ. މި ލަނޑު މެޗުގެ 89 ވަނަ މިނިޓްގައި ޖެހީ ޕެނަލްޓީ އަކުން ލޫކަސް ޑަ ކޫންޏާ އެވެ. މި ޕެނަލްޓީ ދޭން ނިންމީ އޭރިއާތެރެއިން ޕަޒް އަށް އިންޓަގެ އަންގެ ޔޮއާން ބޮނީ ކުރި ފައުަލަކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox