ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026: އަށް ޓީމެއް، ވަރުގަދަ ދެ ގްރޫޕް

Mar 6, 2026, 7:15 PM
ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026: އަށް ޓީމެއް، ވަރުގަދަ ދެ ގްރޫޕް

ރ، މަޑުއްވަރީގައި ބާއްވާ" ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ގެ ގުރުއަތުލުން ބާއްވައި، މުބާރާތުގައި ވާދަކުރާ އަށް ޓީމު ދެ ގްރޫޕަކަށް ބެހިއިރު، ވަރުގަދަ ކުރިމަތިލުންތަކެއް ތާވަލުކުރެވިއްޖެ އެވެ.

މި މުބާރާތަކީ މިހާތަނަށް މަޑުއްވަރީގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް ކަމަށް މުބާރާތް އިންތިޒާމްކުރާ ލަ ސޯނިޔާ އިން މައުލޫމާތު ދެ އެވެ.

މުބާރާތުގެ ގުރުއަތުލުން ބާއްވައި، ޓީމުތައް ބަހާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޔުނީކް ސްޕޯޓްސް ކްލަބް، އެފްސީ ޔުނައިޓެޑް، ސްޕާޓަންސް ސްޕޯޓްސް ކްލަބް އަދި ކާޅު ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބީބީ ނިއު ޖެނެރޭޝަން، ޕެންތާސް ސްޕޯޓްސް ކްލަބް، ގޯޓް ބުލްސް ސްޕޯޓްސް ކްލަބް އަދި ހަބުލް ބަބުލް އެވެ.

އަންނަ އަންގާރަ ދުވަހުގެރޭ މަޑުއްވަރީގެ ފުޓްސަލް ދަނޑުގައި ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނީކް ސްޕޯޓްސް ކްލަބާއި އެފްސީ ޔުނައިޓެޑް އެވެ. ދެ ވަނަ މެޗުގައި، އެ ރޭ ބީބީ ނިއު ޖެނެރޭޝަނުން ވާދަކުރަނީ ޕެންތާސް ސްޕޯޓްސް ކްލަބް އެވެ.

ގްރޫޕް ސްޓޭޖު ނިމުމަށް ފަހު، ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެރޭގަ އެވެ. އަދި، ފައިނަލް މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެރޭގަ އެވެ.

ޔުނިޓީ ކަޕްގެ އެންމެ ބޮޑު ހާއްސަ ކަމަކީ، މިއީ، ތާރީހުގައި ވެސް މިހާތަނަށް މަޑުއްވަރީގައި ބޭއްވިގެންދާނެ އެންމެ އަގުބޮޑު މުބާރާތެވެ. އެ ގޮތުން، މި އަހަރުގެ މާޗް 10 ވަނަ ދުވަހު ފަށާ މި މުބާރާތުގައި އެހެން މުބާރާތްތަކާ ހިލާފަށް މޮޅުވާ ޓީމުތަކަށް ވެސް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ރޭވިފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ ދޭން ނިންމާފައިވާއިރު، ރަނަރަޕަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ. އަދި، މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދާ ކޮންމެ ޓީމަކަށް 1500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ގޮތަށް ބަލާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު، 43000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ޔުނިޓީ ކަޕް، ބޭއްވުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ލަ ސޯނިޔާ އިން ފާހަގަކޮށްފައިވަނީ، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ކުރިއަރަމުން އަންނަ ފުޓްސަލް ކޮމިއުނިޓީގެ މެދުގައި ފޯރިގަދަ އިވެންޓެއް ކުރިއަށްގެންދިއުމަށެވެ. މި ފަހަރުގެ މުބާރާތުގައި، މަޑުއްވަރީގެ ކުޅުންތެރިންގެ ހުނަރުގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިން އަދި، ރާއްޖެ އަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގެ ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox