އަންހެން ފުޓްބޯޅައިގައި ވެސް ސާބިތުވީ މާޒިޔާގެ އުސްމިން: އަހުސަން

Dec 24, 2025, 7:54 AM
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ ކޯޗު އަހުސަން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ ކޯޗު އަހުސަން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މެޗަކުން ބަލިނުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ޗެމްޕިއަންކަން ހޯދުމުން ސާބިތުވެގެންދިޔައީ ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު މާޒިޔާ އޮތް އުސްމިން ކަމަށް އެ ކްލަބްގެ އަންހެން ޓީމުގެ ކޯޗު، އަހުމަދު އަހުސަން (ބަރޯ) ބުނެފި އެވެ.

އެގާރަ އަަހަރަށް ފަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ފުރަތަަމަ އަންހެން ފުޓްބޯޅަ މުބާރާތަކީ، އިއްޔެ ނިމިގެންދިޔަ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު އެވެ. މާޒިޔާ އިން ލީގުގެ ފަހު މެޗުގައި، އޮޑި ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ ޗެމްޕިއަންކަން ހޯދިއިރު، ލީގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ.

އިއްޔެގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި، އަހުސަން ބުނީ، ދޮޅު މަހެއްހާ ކުރު މުއްދަތެއްގެ ތެރޭގައި ޓީމު އެކުލަވާލައިގެން، ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން، ކްލަބްގެ މެނޭޖްމަންޓުގެ އެއްބާރުލުމާ އެކު ކުރި މަސައްކަތުން ތާރީހީ ކާމިޔާބެއް ހާސިލްވީ ކަމަށެވެ.

ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި، ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ އަހުސަން ބުނީ، މާޒިޔާ އިން އަންހެން ފުޓްބޯޅައިގައި ވެސް ދެއްކީ ނަމޫނާ ކަންތައްތަކެއް ކަަމަށެވެ.

"މާޒިޔާ އިން ފިރިހެން ޓީމު ހިންގާ ގޮތަށް، އަންހެން ޓީމަށް ވެސް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް، ހަމަ އަންހެން ކުދިންނަށް މި ދޭން ޖެހޭ ފުލް ސަޕޯޓް ދީގެން، މުބާރާތްގެންދިޔަކަން ފާހަގަކޮށްލަން. މީގެ މާޒިޔާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ، އެންމެ ވަރުގަދަ ބްރޭންޑޭ މިހާރު ބުންޏަސް ދޮގަކަށް ނުވާނެ ކަންނޭނގެ، ފިރިހެން ފުޓްބޯޅައިގައި ވެސް މިހާރު ޓޮޕްގައި މި އޮތީ، މިހާރު އަންހެން ފުޓްބޯޅަ ވެސް މި ނިންމާލީ މާޒިޔާގެ ނަން އަންހެން ފުޓްބޯޅަ ތެރެއަށް ވައްދައި ތާރީހުގެ ތެރެއަށް ލައިގެން، އޭގެއިން ފެނިގެން މިދިިޔައީ މާޒިިޔާ، ދިވެހި ފުޓްބޯޅައިގައި ކިހާ އުސްމިނެއްގައި ކަން އޮތީ ފާހަގަވެގެން މި ދިޔައީ،" އަހުސަން ބުންޏެވެ.

މާޒިޔާ އިން ވަނީ މި އަހަރުގެ ފުޓްބޯޅައިގައި އެފްއޭއެމް އިން ބޭއްވި 19 އަހަރުން ދަށުގެ މުބާރާތާއި މެއި މަހު ބޭއްވި ޕްރީ ސީޒަން މުބާރާތް، އެފްއޭއެމް ލީގު ކަޕް އަދި ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ވެސް މޮޅުވެފަ އެވެ. އަދި، ހަ ޓީމުގެ މެދުގައި ކުރިއަށްދިޔަ ވިމެންސް ފުޓްބޯލް ލީގު ވެސް މި ހޯދީ މާޒިޔާ އިންނެވެ.

މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މި ފަހަރުގެ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަކީ 2014 ވަނަ އަހަރަށް ފަހު އެފްއޭއެމް އިން ބޭއްވި ފުރަތަމަ އަންހެން ކްލަބް ފުޓްބޯޅަ މުބާރާތެވެެ. ލިބުނު މުއްދަތާ ބަލައި، ވާދަކުރި ހަ ޓީމުން ވެސް ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. އާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބި، ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓުގައި ކުރިއަށް ފިޔަވަޅެއް ވަނީ އަޅައިފަ އެވެ.

"ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ފަށައިގެން މި އައީ. އަންހެން މުބާރާތް ފަށައިގެން އައި މުބާރާތަކަށް ބަލާފައި ވަރަށް ރަނގަޅަށް މިދިޔައީ. ދެން މީގެ ހަމަ ވަރަށް ގިނަ ބައެއްގެ އިންވޯލްމަންޓް އަޅުގަނޑުމެންނަށް ފެނިގެންދިއުން މިއީ އަންހެން ފުޓްބޯޅަ އަށް ވެސް ފުޓްބޯޅަ އަށް ވެސް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަންނޑޭނގެ، ބޮޑެތި ހުރިހާ ކްލަބެއް ކަހަލަ ގޮތަކަށް އަންހެން ފުޓްބޯޅަ ޓީމެއް ނެެރެ، ޓީމުގެ މެނޭޖްމަންޓް އެއްކޮށް ބައިވެރިވެ، ބޭރު ކުޅުންތެރިން ވެސް ގެނެސް، ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓަށް މިދިޔައީ ހަމަ ވަރަށް ބޮޑު ބަދަލެއް މި ފެނިގެންދިޔައީ،" އަހުސަން ބުންޏެވެ.

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ މެޗެއްގެ ތެރެއިން މާޒިޔާގެ ކޯޗު އަހުސަން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އެފްއޭއެމްގެ ވިސްނުމަކީ ވިމެންސް ފުޓްބޯލް ލީގު އަހަރުން އަހަރަށް ކުރިއަށްގެންދިއުން ކަމަށްވާއިރު، އަހުސަން ދެކޭ ގޮތުގައި އަންނަ އަހަރުގެ މުބާރާތަށް ވެސް ބަދަލުތަކެއް ގެެނެސް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށެވެ. އެ ގޮތުން، ލީގު ދެ ބުރަކަށް ކުރިއަށްގެންދިއުން ވެސް ރަނގަޅުވާނެ ކަަމަށް އަހުސަން ވަނީ ބުނެފަ އެވެ.

"އިތުރު ގޮތްތަކެއް ހަދާލައިފިއްޔާ، އަންހެން ފުޓްބޯޅަ ހަމަ ދާނީ އަހަރަކުން އަހަރެއް ކުރިއަށް ކަމަށް ގަބޫލުކުރަނީ،" އަހުސަން ބުންޏެވެ.

އަންހެން ފުޓްބޯޅަ ލީގުގައި މި ފަހަރު ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ފެނިގެންދިޔަ އެވެ. އެ ގޮތުން، އަހުސަން ބުނީ، މާޒިޔާ އަށް ކުޅުނު ނޭޕާލް ގައުމީ ޓީމުގެ ރޭކާ ޕައުޑެލް އާއި ދީޕާ ޝާހީ އަދި ވިކްޓަރީ އަށް ކުޅުނު އުޒްބެކިސްތާންގެ ދެ ކުޅުންތެރިން ކަމަށްވާ ލޭލާ ރުސްޓުލައޭވާ އާއި ސަފީނާ ރުޝާނިޔާ ތަފާތު ކަމަށާއި ޖުމްލަކޮށް ބަލާއިރު، ހުރިހާ ޓީމެއްގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ.

ބިދޭސީ ކުޅުންތެރިންނަށް ހަގީގީ ލެވަލްގައި ކުޅެވުނީ ދިވެހި ކުޅުންތެރިންގެ ވެސް މަސައްކަތުން ކަމަށާއި އެ ގޮތުން، މި މުބާރާތުގައި ދިވެހި ކުޅުންތެރިންނަށް ވެސް އެ ހައްގުވާ ކްރެޑިޓް ދޭން ޖެހޭނެ ކަމަށް އަހުސަން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox