އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ޓީސީ އަތުން މާޒިޔާ 10 ލަނޑުން މޮޅުވެއްޖެ

Dec 11, 2025, 4:22 PM
މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅޭ ނޭޕާލް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ދީޕާ ޝާހީގެ ފަސް ގޯލާ އެކު، އެ ޓީމުން 10-0 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެ އެވެ.

ހަ ޓީމު ވާދަކުރާ ވިމެންސް ފުޓްބޯލް ލީގުގައި މިހާތަނަށް ހަތަރު ޓީމަކުން ތިން މެޗު ވަނީ ކުޅެފަ އެވެ. އެ ގޮތުން، އެއް ވަަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް މާޒިޔާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އޮޑި ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ، ތިން ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. ދެ ޓީމަށް ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

Advertisement

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގައި، ތިން ގޯލު ޖަހައިފަ އެެވެ. އެ ޓީމުން ލީޑުނެގީ، ޓީސީގެ ފާތިމަތު ތާނީ ލަތީފް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ވަނަ ލަނޑު ޖަހައިދިނީ، 14 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން، އައިޝަތު ސަމާ އެވެ. އަދި، ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ދީޕާ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

މާޒިޔާގެ ކެޕްޓަން ސަހާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ދެ ވަނަ ހާފުގައި މާޒިޔާ އިން ޖެހި ހަތް ގޯލުގެ ތެރެއިން ހަތަރު ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދީޕާ ޖެހިިއިރު، އަނެއް ލަނޑުތައް ޖެހީ ނޭޕާލް ގައުމީ ޓީމުގެ ރޭކާ ޕޮއުޑެލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި، މާޒިޔާގެ ފާތިމަތު އިނާޔާ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މިއީ، މި ފަހަރުގެ ވިމެންސް ފުޓްބޯޅަ ލީގުގައި ފެނިގެންދިޔަ އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. މި ފަހަރުގެ މުބާރާތަކީ، 2014 ވަނަ އަހަރުގެ ފަހުން އެފްއޭއެމް އިން ކްލަބްތަކަށް ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

މިއަދުގެ ނަތީޖާއާ އެކު، ޓީސީ އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ. އަދި، ޓީސީއާ އެކު ބިސް ބުރު ވެސް ވަނީ ލީގުގައި މިހާތަނަށް އެ ޓީމުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ޓީސީގެ ގެއްލުން 23 ގޯލު އޮތްއިރު، ބިސް ބުރުގެ ގެއްލުން 15 ގޯލު އެބައޮތެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox