ނޭޕާލުގެ މަޝްހޫރު ދެ ކުޅުންތެރިން މާޒިޔާ އަންހެން ޓީމަށް

Dec 6, 2025, 8:27 AM
ނޭޕާލުގެ މަޝްހޫރު ދެ ކުޅުންތެރިން މާޒިޔާ އަންހެން ޓީމަށް

ނޭޕާލްގެ ގައުމީ ޓީމުގެ ފޯވާޑް ރޭކާ ޕުޑެލް އާއި ނޭޕާލްގެ ޤައުމީ ޓީމުގެ ފޯވަޑެއް ކަމަށްވާ ޑީޕާ ޝާހީ، ވަނީ މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފި އެވެ.

މާޒިޔާއާ ގުޅުނު ރޭކާ، 24، އަކީ ދެކުނު އޭޝިއާގެ އަންހެން ފުޓްބޯޅައިގައި މަޝްހޫރު ކުޅުންތެރިއެކެވެ. މިދިޔަ އަހަރު އޭއެފްސީ އަލަށް ބޭއްވި އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ރޭކާ ކުޅުނީ ޔޫއޭއީގެ އަބޫދާބީ ކަންޓްރީ ކްލަބަށެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކުރިއިރު، ރޭކާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. މުބާރާތުގައި އެނާ ވަނީ ލާއޮސްގެ ޔަންގް އެލިފަންޓްސް އަދި ސައޫދީ އަރަބިއްޔާގެ އަލް ނަސްރު ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.

ރޭކާ ވަނީ 2023 ވަނަ އަހަރު އިންޑިއާގެ އޮޑިޝާއާ އެކު، އިންޑިއަން ވިމެންސް ލީގުގައިވެސް ކުޅެފަ އެވެ. ނޭޕާލްގެ ޤައުމީ ޓީމަށް 2019 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ރޭކާ ވަނީ 2024 ވަނަ އަހަރު އޮތް އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ހަތް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ ކޮޅަށް ޖެހި ފަސް ލަނޑު ހިމެނެ އެވެ.

ރޭކާއާ އެކު މާޒިޔާއާ ގުޅުނު ޑީޕާ، 23، އަކީވެސް ނޭޕާލްގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. ޑީޕާ ވަނީ މީގެ ކުރިން އިންޑިއާގެ ޓީމަކަށް ކުޅެފަ އެވެ. ނޭޕާލްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ސީނިއާ ގައުމީ ޓީމުން އޭނާ ޖާގަ ހޯދީ 2022 ވަނަ އަހަރެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭ މެޗުގައި ވިކްޓަރީއާ ދެކޮޅަށް މާޒިޔާ ނުކުންނާނެ އެވެ. މި މެޗުގައި މާޒިޔާގެ ޓީމުން ރޭކާ އަދި ޑީޕާ ފެންނާނެ ކަމަށް ބެލެވެ އެވެ.

މާޒިޔާ ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބިސް ބުރު އަތުން 2-0 އިން މޮޅުވެފަ އެވެ. ނޭޕާލްގެ ޤައުމީ ޓީމުގެ މެޗެއް އޮތުމުން މި މެޗުގައި ރޭކާ އާއި ޑީޕާ އަށް ކުޅެވޭ ގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox