އަންހެން ފުޓްބޯޅަ މުބާރާތުގައި ޕޮލިހުންނަށް ނުކުޅެވޭތީ ކްލަބްތަކަށް ގޮންޖެހުންތަކެއް

Nov 27, 2025, 6:11 AM
ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީގައި ޕޮލިސް ކްލަބުން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސްގެ އެއިޓީން ތާޓީގައި ޕޮލިސް ކްލަބުން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް އިން އަންނަ މަހު ބާއްވަން ނިންމާފައިވާ، ވިމެންސް ފުޓްބޯލް ލީގުގައި ޕޮލިހުގައި އުޅޭ ކުޅުންތެރިންނަށް ނުކުޅެވޭނެކަން އެ އިދާރާ އިން އެންގުމާ އެކު، ކްލަބްތަކަށް އޭގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު، އެފްއޭއެމް އިން ބާއްވަން ނިންމާފައިވާ ވިމެންސް ފުޓްބޯލް ލީގުގައި ހަ ޓީމެއް ވާދަކުރެ އެވެ. އެއީ، އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.

އިއްޔެ އެ މުބާރާތުގެ ގުރުއަތުލުން، ކުރިއަށްދިޔައިރު، ކްލަބްތަކުން ވަނީ، އެ ޓީމުތަކުގައި ހިމަނާފައިވާ ޕޮލިހުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނަށް އެ މުބާރާތުގައި ނުކުޅެވޭނެކަން އަންގާފައިވާތީ ހުރި ގޮންޖެހުންތައް އެފްއޭއެމަށް ހިއްސާކޮށްފަ އެވެ. އަދި، އެހެންވެ، އެފްއޭއެމް އިން ވަނީ، ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު އިތުރުކޮށްދީފަ އެވެ.

Advertisement

އަންހެން ފުޓްބޯޅަ އަށް އެފްއޭއެމުން 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބައިވެރިވާ މުބާރާތަށް ޓީމުތަކުން ވަރަށް ރަނގަޅަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން، ޕޮލިހުގައި ވަޒީފާ އަދާކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ ގޮތަށް އެކި ކްލަބްތަކަށް ވަނީ ބަދަލުވެފަ އެވެ. އެ ގޮތުން، ކުޅުންތެރިން ޓީމުތަކާ ގުޅި ޕްރެކްޓިސްތަކާ ބައިވެރިވެފައިވަނިކޮށް، ޕޮލިހުން އެ ކުޅުންތެރިންނަށް އަންގާފައިވަނީ، އަންހެން ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުޅުންތެރިންނަށް ފުލުހުން އަންގާފައިވާ ގޮތުގައި، ޗުއްޓީއެއް ނަގައިގެން ވެސް މި މުބާރާތުގައި ކުޅެވޭނެ ގޮތެއް ނެތެވެ. އަދި، މި ކަމުގެ މަގުބޫލު ސަބަބުތަކެއް ނެތި، މި ގޮތަށް ނިންމުމާ އެކު، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ޖާގަ ހޯދުމަށް އޮތް ފުރުސަތު ގެއްލުނީ އެވެ.

އެއީ، އަންހެން ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމަށް ސްކޮޑު ނެގުން އޮތީ ކުރިއަށް އޮތް އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުން ކަމަށްވާތީ އެވެ.

ޕޮލިހުގައި އުޅޭ އަންހެން ފުޓްބޯޅަ ކުޅުންތެރިން ރަށްރަށުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވެސް ޓީމުތަކަށް ކުޅެ އެވެ. "އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިއަށް އޮތް އެފްއޭއެމްގެ ވިމެންސް ފުޓްބޯލް ލީގުގައި ޕޮލިހުގައި އުޅޭ ކުޅުންތެރިންނަށް އެ މުބާރާތުގައި ވާދަކުރާ ކްލަބްތަކަށް ކުޅުމުގައި ފުލުހުން ވެރިންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރުގެ އައްޔަ ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް

ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ފުރަތަމަ ފަހަރަށް ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް 23 ކުޅުންތެރިންގެ ސްކޮޑު މިއަދު އިންޑޮނޭޝިއާ އަށް ފުރާފައިވާއިރު، އަނިޔާގެ ސަބަބުން ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ނުހިމެނޭ

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތަށި ދޮންފަނަށް

ބ. ދަރަވަންދޫ ކައުންސިލުން ބޭއްވި "ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ" ގެ ފައިނަލުގައި ދަ ނޮޓިލަސް 5-0 އިން ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބ. ދޮންފަނުން ހޯދައިފި އަށް ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދޮންފަނު ޓީމުގެ އީރާނު ކުޅުންތެރިޔާ މޮހޮސިން މޮންތާޒެމީ ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްމާއިލް ރަޝީދު

އެޗްޑީސީ ކަޓުވާލައި ގައުމީ ވޮލީ ފައިނަލް ފަހު ޖާގަ ޕޮލިހަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ޕޮލިސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ

ބަޔާން މޮޅުވިއިރު ކޮމްޕެނީ އަށް އޮތް ލޯބި ދައްކާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރައިބާގް އަތުން ބަޔާން މިއުނިކް 3-1 އިން މޮޅުވިއިރު، ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ސަޕޯޓަރުން ވަނީ ހެޔޮއެދުންތަކުގެ ބެނާއެއް ދައްކާލާފައި. އެސިސްޓަންޓް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ އުޕަމެކާނޯ އާއި ގްނަބްރީގެ އިތުރުން އޮލީސޭ

އެމްބާޕޭގެ ލަނޑުތަކުން ރެއާލުން ބާސެލޯނާ ބަލިކޮށްފި

ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފި. މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ރަފީނިއާ ޖަހައިދިންއިރު، މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

Newsletter

Get the latest news delivered straight to your inbox