ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ވެމްކޯ ފޯމުގައި ކުރިއަށް، އޭއެސްއެމްއެޗަށް ބޮޑު މޮޅެއް

Nov 17, 2025, 10:33 AM
ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ވެމްކޯ ފޯމުގައި ކުރިއަށް، އޭއެސްއެމްއެޗަށް ބޮޑު މޮޅެއް

ތިނަދޫ ސިޓީގައި ކުރިއަށްދާ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ އެއް ވަނަ ހޯދި ކްލަބް ވެމްކޯ އިން ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު، ފިޓް ފެމިނިން އަތުން އަބްދުއްސަމަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބް (އޭއެމްއެސްއެޗް) އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

ފިރިހެން ޑިވިޝަނުގައި ތިން ޓީމު ވާދަކުރާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ބައްދަލުކުރާނެ އެވެ. ފިރިހެން ޑިވިޝަނުގެ ދެ ވަަނަ ބުރުގައި، ވެމްކޯ އިން ރޭ ކުޅުނު މެޗުން ފަޔާ ސްޓޯމް އަތުން 24-27 އިން މޮޅުވެފަ އެވެ. ފުރަތަމަ ބުރުގައި، ވެމްކޯ މޮޅުވީ 29-25 އިންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ އިބްރާހިމް ލުތުފީ އެވެ.

ޖުމްލަ އެކު، ފަސް ޓީމު ވާދަކުރާ އަންހެން ޑިވިޝަނުގައި ރޭ ކުޅެފައިވަނީ، އޭއެމްއެސްއެޗް އިން ރޭ ފިޓް ފެމިނިން ބަލިކުރީ، 34-29 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، އޭއެމްއެސްއެޗްގެ އައިިމިނަތު ޒައިނާ ރިޔާޒު އެވެ. އޭއެމްއެސްއެޗް ކުޅުނު ފުރަތަމަ މެޗުން ސިޓީ ސްޓާސް އަތުން ބަލިވިޔަސް، މި މެޗުން ލިބުނު މޮޅާ އެކު ވަނީ އުންމީދުއާ ކޮށްފަ އެވެ.

ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިިވިޝަނުގެ ދެ މެޗެވެ. ސިޓީ ސްޓާސް އިން ވެމްކޯއާ ކުޅޭއިރު، އޭއެސްއެމްއެޗުން ނުކުންނާނީ ކްލަބް ދަނޑެކޯޑިއަންސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox