ރިސޯޓް ލީގު: ބަރޮސް އާއި ރީތި ރަށް ދެ ވަނަ ބުރަށް

Sep 12, 2025, 9:00 AM
ރިސޯޓް ލީގު: ބަރޮސް އާއި ރީތި ރަށް ދެ ވަނަ ބުރަށް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ދެ ވަނަ ބުރުގެ ޖާގައެއް ވަން އެންޑް އޮންލީ ރީތި ރަށާއި ބަރޮސް މޯލްޑިވްސް އިން ހޯދައިފި އެވެ.

ނޯތު މާލެ ޒޯންގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެ ގޮތުން، އިއްޔެ ވަނީ، ގްރޫޕް ސީ އާއި ގްރޫޕް ޑީގެ މެޗުތައް ނިމި އެއް ވަނަ ހޯދި ޓީމަށް ދެ ވަނަ ބުރު (ގަދަ 12) ޓީމު ކުޅޭ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ.

ގްރޫޕް ސީން އެއް ވަނަ ހޯދީ އިއްޔެ ތާޖު ކޮރަލް ރީފް އަތުން 3-0 އިން މޮޅުވި ރީތި ރަށެވެ. ރީތި ރަށަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، އަލީ މާޖިދު ދެ ގޯލާއި ރިޝްވާން އިބްރާހިމް ރަޝީދު އެވެ.

Advertisement

މި ގްރޫޕްގައި ރީތި ރަށުން ވަނީ ޖުމެއިރާ އޮޅަހާލި އަތުން ފުރަތަމަ މެޗުގައި 3-2 އިން މޮޅުވެފަ އެވެ. ރީތި ރަށުން އެއް ވަނަ ހޯދިއިރު، ދެން، މި ގްރޫޕްގައި އޮތް އޮޅަހާލި އާއި ތާޖު ކޮރަލް އިން ޕްލޭއޮފެއް ކުޅެ، އަނެއް ބުރަށް ދާ ޓީމެއް ކަނޑައަޅާނެ އެވެ.

ގްރޫޕް ޑީގައި ބަރޮސް އާއި ކޮކޯ ބޮޑު ހިތި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބަރޮސްގެ ލަނޑު ޖެހީ، މުހައްމަދު ނަޒީހު އެވެ. އަދި، ބޮޑު ހިތީގެ ލަނޑު ޖެހީ، އިޔާދު މުހައްމަދު އެވެ. ބަރޮސް އިން މި ގްރޫޕް ފުރަތަމަ މެޗުގައި ވަނީ، 5-2 އިން ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސް ބަލިކޮށްފަ އެވެ. އެހެންވެ، ބަރޮސް ވަނީ އެއް ވަނައިގެ ގޮތުގައި އަނެއް ބުރަށް ދަތުުރުކޮށްފަ އެވެ. ދެން، މި ގްރުޕްގައި އޮތް ސެންޓާރާ އާއި ބޮޑު ހިތިން ޕްލޭއޮފްގައި ކުޅެގެން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ.

މުބާރާތުގެ ފުރަތަމަ ބުރު ގްރޫޕް ސްޓޭޖު ނިމުމަށް ފަހު، ތިން ޓީމު ހިމެނޭ ގްރޫޕްތަކުގެ ދެ ވަނަ އާއި ތިން ވަނަގެ މެދުގައި ޕްލޭއޮފެއް ކުޅޭނެ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމުތަކާއި ގްރޫޕްތަކުގެ އެއް ވަނަ އަދި ގްރޫޕް އެފްގެ ދެ ވަނަ ހިމެނޭ ގޮތަށް ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ 12 ޓީމެވެ. އެ އަށް ފަހު ދެން އޮންނާނީ ގަދަ ހަ ޓީމުގެ ބުރެކެވެ. އެ ބުރުގެ އެންމެ ފުލަށް ދާ ދެ ޓީމުގެ މެދުގައި، ސެމީ ފައިނަލުގެ ޖާގަ އަކަށް ޕްލޭއޮފެއް ކުޅޭނެ އެވެ. މި ޒޯންގެ ސެމީ ފައިނަލް މި މަހު 23 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް އީގައި، އޮބްލު އެކްސްޕީރިއަންސް އާއި އޯގާ ކުޅޭ މެޗާއި ގްރޫޕް އެފްގައި، ވަރު އާއި ބަނޑޮސް ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox