ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ކޮންރެޑް އާއި ޖޯލިގެ ކުރިމަތިލުމެއް

Nov 3, 2025, 5:30 PM
ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ކޮންރެޑް އާއި ޖޯލިގެ ކުރިމަތިލުމެއް

ރިސޯޓު ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސް އާއި ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން ބައްދަލުކުރަން ޖެހިއްޖެ އެވެ.

ސުޕަ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން ފުރަތަމަ ކުޅޭ ތިން މެޗުގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހައިގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބެ އެވެ. ދެން އޮތް ބާކީ ދެ މެޗުން، މޮޅުވާ ދެ ޓީމެއް ކުޅޭނީ ސެމީ ފައިނަލުގަ އެވެ. ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ.

ފުރަތަމަ ތިން މެޗުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެން ފައިނަލަށް ދަތުުރުކުރީ ޖޯލި އެވެ. ބ ޒޯންގެ ޗެމްޕިއަން، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަތުން ރ. ޒޯންގެ ޗެމްޕިއަން، ޖޯލި މޮޅުވީ، ދެ ލެގަށް ބަލާއިރު، 8-3 އެވެ. ފުރަތަމަ ލެގުގައި، 3-2 އިން އަނަންތަރާ މޮޅުވި ނަމަވެސް ދެ ވަނަ ލެގުގައި، ޖޯލިން ވަނީ 6-0 އިން އަނަންތަރާ ބަލިކޮށްފަ އެވެ.

Advertisement

އަނެއް ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު، ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިން ވަނީ، ނޯތު މާލެ ޒޯންގެ ޗެމްޕިއަން، ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސްއާ ދެ ލެގު ކުޅެގެން، 5-3 ގެ އެގްރިގޭޓުން ކުރިހޯދައިފަ އެވެ. އަދި، ދ. ޒޯނުގެ ޗެމްޕިއަން އަންގްސަނާ ވެލާވަރު އަތުން އެގްރިގޭޓަށް ބަލާއިރު، އަރި ޒޯނުގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގެލިން ވަނީ 5-4 އިން ކުރިހޯދައިފަ އެވެ.

ސެމީ ފައިނަލުގައި މިއަދު ކުޅުނީ، ވަލްޑޯފް އާއި ކޮންރެޑް އެވެ. މި މެޗުން، 5-4 އިން ޕެނަލްޓީ ޖަހައިގެން މޮޅުވީ، ކޮންރެޑް މޯލްޑިވްސް ރަންގެލި އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 0-0 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ކޮންރެޑްގެ ޕެނަލްޓީތައް ކާމިޔާބުކުރީ އާދަމް އާޒިމް، ހުސެއިން ޝިފާހު، ލައިޒާން މައުސޫމް، މުހައްމަދު ފުރުގާން އަދި ޔާމީން މުހައްމަދު އެވެ. ވަލްޑޯފްގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް ރަފާހު، އަރުސަމް އިސްމާއިލް، މުހައްމަދު ފަޒީލް އަދި ހަސަން ޔާސިރު އަދްނާން އެވެ.

ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސް އާއި ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން ބައްދަލުކުރާ ސުޕަ ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox