ރިސޯޓް ލީގު: ޕަޓިނާ އާއި ޖޯއި އައިލެންޑް ދެ ވަނަ ބުރަށް

Sep 11, 2025, 8:04 AM
ރިސޯޓް ލީގު: ޕަޓިނާ އާއި ޖޯއި އައިލެންޑް ދެ ވަނަ ބުރަށް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގެ ދެ ވަނަ ބުރުގެ ޖާގަތައް ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑާއި ޖޯއި އައިލެންޑް މޯލްޑިވްސް ބައި ދި ކޮކޫން ކަލެކްޝަނުން ހޯދައިފި އެވެ.

ތިން ޓީމު ހިމެނޭ ގްރޫޕް އޭ އާއި ބީން ދެ ވަނަ ބުރުގެ ޖާގަ ލިބުނީ އެއް ވަނަ ޓީމަށެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި، ޖޯއި އައިލެންޑުން ވަނީ 4-3 ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ބަލިކޮށްްފަ އެވެ. ގްރޫޕް އޭގެ ކުޅުން ނިމުނުއިރު، ޖޯއި އައިލެންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސަންގެލިން ދެ ޕޮއިންޓް ހޯދި އެވެ. އަދި، ތިން ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު ރިޓްޒް ކާލްޓަން އެެވެ. މި ގްރޫޕުން ގަދަ 12 ޓީމު ކުޅޭ ދެ ވަނަ ބުރުން ޖާގަ ލިބޭނީ ސަންގެލި އާއި ރިޓްޒް ކާލްޓަން ކުޅޭ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި އިއްޔެ، ހުވަފެންފުށި މޯލްޑިވްސް އަތުން ޕަޓިނާ މޯލްޑިވްސް، ފަރި އައިލެންޑް މޮޅުވީ 5-1 އިންނެވެ. ޕަޓިނާގެ ލަނޑުތައް ޖެހީ، ކެޕްޓަން، ފާއިގު އަހުމަދު ދެ ގޯލާއި އިބްރާހިމް ޔާމީން، މާދިހު ވަޖީހު އަދި ރިޒާން އަލީ، ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. ހުވަފެންފުށިން ލަނޑު ޖެހީ އަހުސަން އަހުމަދު އެވެ.

މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަ ޕޮއިންޓާ އެކު ޕަޓިނާ އެވެ. އެ ޓީމަށް ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބުނުއިރު، ދެން އޮތް ޖާގަ އަށް ވާދަކުރާނީ ހުވަފެންފުށި އާއި ހެލެނގެލި އެވެ. ގްރޫޕް ބުރުގައި ދެ ވަނަ ހޯދީ ތިން ޕޮއިންޓް ހޯދި ހުވަފެންފުށި އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ ދެ މެޗުގައި، ބައްދަލުކުރާނީ، އެއް މެޗުގައި، ތާޖު ކޮރަލް އާއި ރީތި ރަށް ކުޅޭނެ އެވެ. އަނެއް މެޗުގައި، ބޮޑު ހިތިން ކުޅޭނީ ބަރޮސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox