ރިސޯޓް ލީގު: ސެންޓާރާ ގްރޭންޑް އާއި އޯގާ އަށް މޮޅެއް

Sep 9, 2025, 8:27 AM
ކުޑަހުރާ އާއި އޯގާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކުޑަހުރާ އާއި އޯގާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ނޯތު މާލެ ޒޯންގައި އިއްޔެ ކުޅުނު މެޗުތަކުން، ސެންޓާރާ ގްރޭންޑް ލެގޫންސް މޯލްޑިވްސް އާއި އޯގާ އާޓް ރިސޯޓް މޯލްޑިވްސް މޮޅުވެއްޖެ އެވެ.

އެ ގޮތުން، ގްރޫޕް ޑީގައި ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސް އަތުން 5-2 އިން ބަލިވި ސެންޓާރާ ގްރޭންޑުން އިއްޔެ ކުޅުނު މެޗުގައި، ކޮކޯ ބޮޑު ހިތި ބަލިކުރީ 2-1 އިންނެވެ. މި މެޗުގައި ސެންޓާރާ ގްރޭންޑްގެ ލަނޑުތައް ޖެހީ، މުތާއު މުހައްމަދު އާއި މުހައްމަދު އަޒުމޫން އެވެ. އަދި ބޮޑު ހިތީގެ ގޯލު ޖެހީ، މުހައްމަދު އަދުހަމް އެވެ.

މި ގްރޫޕްގެ ފަހު މެޗުގައި، ބަރޮސް އިން ކުޅޭނީ ކޮކޯ ބޮޑު ހިތިއާ އެވެ.

Advertisement

ގްރޫޕް އީގެ ފުރަތަމަ މެޗުން އޮބްލު އެކްސްޕީރިއަންސް އަތުން ފޯ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ މޮޅުވީ، 4-3 އިންނެވެ. އެކަމަކު، އިއްޔެ ކުޅުނު މެޗުގައި ކުޑަހުރާ އަތުން އޯގާ އާޓް ރިސޯޓް މޯލްޑިވްސް އިން މޮޅުވީ 2-0 އިންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ހުސެއިން މައިޝާން އާއި ލޫތު އަހުމަދު ފަތުހީ އެވެ. މި ގްރުޕްގެ ފަހު މެޗުގައި، އޯގާ އިން ބައްދަލުކުރާނީ އޮބްލު އެކްސްޕީރިއަންސް އެވެ.

ނޯތު މާލެ ޒޯނުގައި މިއަދު ކުޅެން ހަމަޖެހިފައިވަނީ، ގްރޫޕް އެފްގެ ދެ މެޗެވެ. އެއީ، ވަރު އާއި ސަމާ އައިލެންޑް ކުޅޭ މެޗާއި އަމީންގިރި އާއި ބަނޑޮސް ބައްދަލުކުރާ މެޗެވެ. ބަނޑޮސް އިން ފުރަތަަމަ މެޗުގައި ސަމާ އައިލެންޑް މޯލްޑިވްސް ބަލިކުރީ 5-3 އިންނެވެ. އަދި، ވަރު ބައި އެޓްމޮސްފިއާ އިން ވަނީ 2-0 އިން ހިލްޓަން މޯލްޑިވްސް އަމީންގިރި ރިސޯޓް އެންޑް ސްޕާ ބަލިކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ ބުރު ގްރޫޕް ސްޓޭޖު ނިމުމަށް ފަހު، ތިން ޓީމު ހިމެނޭ ގްރޫޕްތަކުގެ ދެ ވަނަ އާއި ތިން ވަނަގެ މެދުގައި ޕްލޭއޮފެއް ކުޅޭނެ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމުތަކާއި ގްރޫޕްތަކުގެ އެއް ވަނަ އަދި ގްރޫޕް އެފްގެ ދެ ވަނަ ހިމެނޭ ގޮތަށް ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ 12 ޓީމެވެ. އެ އަށް ފަހު ދެން އޮންނާނީ ގަދަ ހަ ޓީމުގެ ބުރެކެވެ. އެ ބުރުގެ އެންމެ ފުލަށް ދާ ދެ ޓީމުގެ މެދުގައި، ސެމީ ފައިނަލުގެ ޖާގަ އަކަށް ޕްލޭއޮފެއް ކުޅޭނެ އެވެ. މި ޒޯންގެ ސެމީ ފައިނަލް މި މަހު 23 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox