24 ގައުމު ވާދަކުރާ އައިޓީއެފް ޖޫނިއާ އޯޕަން ޓެނިސް މުބާރާތެއް ރާއްޖޭގައި

Aug 12, 2025, 5:44 AM
މިދިޔަ އަހަރު ބޭއްވި އޭޓީއެފް ލެވަލްގެ މުބާރާތުގެ މެޗެއްގެ ތެރެއިން އާރާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިދިޔަ އަހަރު ބޭއްވި އޭޓީއެފް ލެވަލްގެ މުބާރާތުގެ މެޗެއްގެ ތެރެއިން އާރާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ރުހުންދީފައިވާ ޓެނިސް މުބާރާތެއް، މޯލްޑިވްސް ޖޫނިއާ އޯޕަންގެ ނަމުގައި އަންނަ ހަފްތާގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މާލޭ ޓެނިސް ކޯޓުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއާ ދެ މުބާރާތް ކަމަށްވާ އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން (16 އަހަރުން ދަށުގެ ދެ މުބާރާތް) ހޯސްޓްކޮށްފަ އެވެ.

މި މަހު 16-30 އަށް މާލޭގައި ބާއްވަން ޝެޑިއުލްކޮށްފައިވާ، ދުނިޔޭގެ ޓެނިސް ޖަމިއްޔާ، އައިޓީއެފްގެ މޯލްޑިވްސް ޖޫނިއާ އޯޕަންގައި، ރާއްޖޭގެ އިތުރުން، 23 ގައުމެއްގެ ކުޅުންތެރިން ފެނިގެންދާނެ އެވެ. ވާދަކުރާ ގައުމުތަކުގެ ތެރޭގައި، ދުނިޔޭގެ ޓެނިހުގައި މަޝްހޫރު ގައުމުތައް ވެސް ހިމެނެ އެވެ.

Advertisement

އެ ގޮތުން، ގައުމުތަކަށް ބަލާއިރު، ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ، ސްވިޒަލެންޑް، މިސްރު، އިންޑިއާ، ސްޕެއިން، އޮސްޓްރޭލިއާ، ތައިލެންޑް، ހޮން ކޮންގް، ޕާކިސްތާން، ކަޒަކްސްތާން، ޗައިނީސް ޓައިޕޭ، ފިލިޕީންސް، އެމެރިކާ، ރަޝިއާ، ފްރާންސް، އިންގްލެންޑް، ސިންގަޕޫރު، އިޓަލީ، ޕޮލެންޑް، ނެދަލެންޑްސް އަދި ޔޫކްރެއިން ހިމެނެ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. އެ ގޮތުން، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތުގެ ވެސް ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ އާސާލް އާޒިމް ތާރީހުން ޖާގަ ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox