ރިސޯޓް ލީގު: ބ ޒޯންގެ ފުރަތަަމަ މޮޅު މިލައިދޫ އާއި ފިނޮޅަށް

Jul 10, 2025, 5:44 AM
މިލައިދޫ ޓީމުގެ އަޖޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

މިލައިދޫ ޓީމުގެ އަޖޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގެ ބުރުގެ ފުރަތަމަ މޮޅު، މިލައިދޫ މޯލްޑިވްސް އާއި ފިނޮޅު މޯލްޑިވްސް އިން ހޯދައިފި އެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް އޭގައި އިއްޔެ، މުބާރާތް ހޯސްޓް ކުރާ އަވަނި+ފަރެސް އަތުން މިލައިދޫ މޮޅުވީ 2-1 އިންނެވެ. އިޝާން އިބްރާހިމް (ސައްޓު)ގެ ކޯޗުކަމުގައި ކުޅޭ މިލައިދޫގެ ލަނޑުތައް ޖަހައިދިނީ، ޔޫސުފް މުހައްމަދު އާއި މުހައްމަަދު އަޖުފާން (އަޖޭ) އެވެ.

މި މެޗުގައި، އަވަނި+ފަރެސްގެ ހަމައެކަނި ލަނޑު ޖެހީ، މަންސޫރު މުހައްމަދު އެވެ.

Advertisement

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ، މިލައިދޫގެ އުނައިސް ޒުބައިރު އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި، މިލައިދޫން މިއަދު ކުޅޭނީ ފޯ ސީޒަންއާ އެވެ.

ފިނޮޅު މޯލްޑިވްސް އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހަތަރު ޓީމު ހިމެނޭ ގްރޫޕްގައި، ފިނޮޅުން ވައްކަރު މޯލްޑިވްސްގެ މައްޗަށް ކުރިހޯދީ، 7-2 އިންނެވެ. ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، މުހުތާރު ނަސީރު (ޓޫކިލޯ)ގެ ކޯޗުކަމުގައި ކުޅޭ ފިނޮޅަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، ހަސަން ޝާމް ހެޓްރިކެއްގެ އިތުރުން، އިބްރާހިމް އަފްލާހު ދެ ގޯލާއި އަބްދުލް ރަހުމާން ސަމާއު އެވެ. މުހައްމަަދު އައްޒާމްގެ ކޯޗުކަމުގައި ކުޅޭ ވައްކަރުގެ ލަނޑުތައް ޖެހީ، ހަސަން ނާއިލް ދާއޫދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ފިނޮޅުގެ ޝާމް އެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި، މިއަދު، އަމިއްލަ އިން ކުޅޭނީ އަނަންތަރާއާ އެެވެ.

ބ. އަތޮޅު ޒޯނުގެ ސެމީ ފައިނަލް މެޗުތައް މި މަހުގެ 15 ވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox