ބާސެލޯ ބަލިކޮށް ކޮންރެޑުން އަށް ވަނަ ފަހަރަށް އަރި ޒޯންގެ ޗެމްޕިއަކަން ހޯދައިފި

ބާސެލޯ ބަލިކޮށް ކޮންރެޑުން އަށް ވަނަ ފަހަރަށް އަރި ޒޯންގެ ޗެމްޕިއަކަން ހޯދައިފި

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އަރި ޒޯނުގެ ފައިނަލުގައި ފަސޭހަކަމާ އެކު ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްގެ މައްޗަށް ކުރިހޯދާ ކޮންރެޑް މޯލްޑިވްސް ރަންގެލިން އަށް ވަނަ ފަހަރަށް އަރި ޒޯން ކާމިޔާބުކޮށްފި އެވެ.

މި މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. ބާސެލޯ އިން ފައިނަލުގެ ޖާގަ އެއް ހޯދަން ސެމީ ފައިނަލު މެޗު ކުޅެން ޖެހުނުއިރު، ކޮންރެޑް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

އިއްޔެ ކުޅުނު ފައިނަލު މެޗުގެ ތިންވަނަ މިނިޓްގައި ކޮންރެޑުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ރިފާއު ހަސަން އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ހުސެއިން އީސާ ވަނި އިތުރު ގޯލެއް ޖަހައި ކޮންރެޑްގެ ލީޑު ފުޅާކޮށްދީފަ އެވެ.

އަރި ޒޯނުގެ ފައިނަލުގައި ކޮންރެޑާއި ބާސެލޯ ބައްދަލުކުރި މެޗުގެ ތެތެއިން - ފޮޓޯ: އިމޭޖަސް.އެމްވީ
އަރި ޒޯނުގެ ފައިނަލުގައި ކޮންރެޑާއި ބާސެލޯ ބައްދަލުކުރި މެޗުގެ ތެތެއިން - ފޮޓޯ: އިމޭޖަސް.އެމްވީ

އަރި ޒޯނުގެ ފައިނަލުގައި ކޮންރެޑާއި ބާސެލޯ ބައްދަލުކުރި މެޗުގެ ތެތެއިން - ފޮޓޯ: އިމޭޖަސް.އެމްވީ

އޭގެ ފަހުން ބާސެލޯ އިން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ. އޭގެ ފައިދާ ނަގައި ކޮންރެޑުން ވަނީ ދެވަނަ ހާފުގެ ފަސްވަނަ މިނިޓްގައި އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަބްދުالله އަޒީމް އެވެ. އަދި އޭގެ މިނިޓެއް ފަހުން ކޮންރެޑްގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ލައިޒާން މައުސޫމް އެވެ.

މި ޒޯނުގެ ޗެމްޕިއަންކަން ކޮންރެޑުން ހޯދިއިރު، އެންމެ ގިނަ ގޯލު ޖެހީ ކޮންރެޑުގެ އަހުމަދު މައިސޫން އެވެ. އޭނާ ވަނީ ޖުމްލަ އަށް ގޯލު ޖަހައިފަ އެވެ.

މި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ބާސެލޯގެ މާއިލް މުހައްމަދު، އުސައިދު އަލީ، ކޮންރެޑްގެ މުހައްމަދު ރިފާއު، އާދަމް އާޒިމް އަދި އަހުމަދު ސައީދު އެވެ.

އަރި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން - ފޮޓޯ: އިމޭޖަސް.އެމްވީ
އަރި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން - ފޮޓޯ: އިމޭޖަސް.އެމްވީ

އަރި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން - ފޮޓޯ: އިމޭޖަސް.އެމްވީ

އަރި ޒޯނުގެ އެންމެ މޮޅު ކޯޗަކީ، ކުޅުންތެރިއެއްގެ ގޮތުގައި ކޮންރެޑަށް ހަ ތަށި ހޯދައިދިން އެ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އުމައިރު (އަކާ) އެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮންރެޑްގެ ހުސެއިން ޝިފާހް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox