ރިސޯޓް ލީގު: ވިލަމެންދޫ ބަލިކޮށް ކޮންރެޑް ފައިނަލާ ގާތަށް

ރިސޯޓް ލީގު: ވިލަމެންދޫ ބަލިކޮށް ކޮންރެޑް ފައިނަލާ ގާތަށް

ރިސޯޓް ލީގުގެ އަރި ޒޯނުގައި ކޮންރެޑް މޯލްޑިވްސް ރަންގިލި އައިލެންޑުން، ވިލަމެންދޫ އައިލަންޑް ރިސޯޓް އެންޑް ސްޕާ ބަލިކޮށް ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މި މުބާރާތުގެ އަރި ޒޯނުގައި ކޮންރެޑުން ކުޅުނު ފުރަތަމަ މެޗުގައި ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްއާ އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. އެކަމަކު ޖެހިގެން އައި ދެ ވަނަ މެޗުގައި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ 1-0 ގެ ނަތީޖާ އަކުން ބަލިކުރި އެވެ.

އިއްޔެ ހަވީރު ވިލަމެންދޫގެ މައްޗަށް ކޮންރެޑުން ކުރިހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ކޮންރެޑުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ރިފާއު ހަސަން އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިފާއު ވަނީ އިތުުރު ގޯލެއް ޖަހައި ކޮންރެޑަށް ލީޑު ފުޅާކޮށްދީފަ އެވެ.

ކޮންރެޑްގެ ތިން ވަނަ ގޯލު މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ހުސެއިން އީސަ އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ވިލަމެންދޫގެ އިބްރާހީމް ރިފާއު ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

ކޮންރެޑްގެ ހަތަރު ވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ ވެސް އީސަ އެވެ.

ލީގު އުސޫލުން ކުޅޭ މި ޒޯނުގައި ކޮންރެޑަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ މާދަމާ ހަވީރު ކުރަމައްޗާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުން މޮޅުވެގެން ކޮންރެޑަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ.

ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކޮންރެޑް ނޫން ޓީމަކުން މި ޒޯނުގެ ތަށި ނެގުނު ހަމައެކަނި ޓީމަކީ ވިލަމެންދޫ އެވެ.

އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox