ރިސޯޓް ލީގު: ނ. ޒޯނުގެ ކުރީގައި ސޮނޭވާ ޖާނީ

Jul 13, 2026, 7:33 AM
ރިސޯޓް ލީގުގެ ނ. ޒޯނުގައި ސޮނޭވާ ޖާނީ އާއި ރޮބިންސަން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގުގެ ނ. ޒޯނުގައި ސޮނޭވާ ޖާނީ އާއި ރޮބިންސަން ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ރިސޯޓް ލީގުގެ، ނ. ޒޯނުގެ ފުރަަތަމަ މެޗުތައް ނިމުނުއިރު، ލަނޑުގެ ތަފާތުން ސޮނޭވާ ޖާނީ މޯލްޑިވްސް އެއް ވަނަ އަށް ޖެހިލައިފި އެވެ. 

ރިސޯޓް ލީގުގެ ނ. ޒޯނުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. އެ ގޮތުން، ކޮންމެ ޓީމަކުން ފުރަތަމަ ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ސޮނޭވާ ޖާނީ އާއި ދެ ވަނައިގައި އޮތް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެވެ. ސޮނޭވާ ޖާނީގެ ފައިދާ ތިން ގޯލު އޮތްއިރު، ޝެވަލް ބްލޮންކް ރަންދެލީގެ އޮތީ ފައިދާ ދެ ގޯލެވެ. 

ތިން ވަނައިގައި އޮތް ވެލާ ޕްރައިވެޓް އައިިލެންޑާއި ހަތަރެއްގައި އޮތް ރޮބިންސަން ނޫނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، މި ވަގުތު އެންމެ ފުލުގައި އޮތީ ދެ މެޗުން ބަލިވި، ސިޔާމް ވޯލްޑް އެވެ. 

ނ. ޒޯނުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ލީގު ބުުރުގެ ކުޅުން ނިމޭއިރު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި ދެ ވަނަ އާއި ތިން ވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެ އެވެ. 

މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ސިޔާމް ވޯލްޑް އަތުން ވެލާ މޮޅުވީ 4-2 އިންނެވެ. ދެ ވަނަ މެޗުގައި ޝެވަލް ބްލޮންކް އާއި ސޮނޭވާ ޖާނީ 2-2 އިން އެއްވަރުވިއިރު، ތިން ވަނަ މެޗުގައި ސިޔާމް ވޯލްޑް އަތުން ރޮބިންސަން ވަނީ 2-1 އިން މޮޅުވެފަ އެވެ. ވެލާ އަތުން ޝެވަލް ބްލޮންކް 2-0 އިން މޮޅުވިއިރު، ރޮބިންސަންގެ މައްޗަށް ސޮނޭވާ ޖާނީން ކުރި ހޯދީ 3-0 އިންނެވެ. 

މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެ އެވެ. އެއީ، ޝެވަލް ބްލޮންކާއި ސިޔާމް ވޯލްޑް ބައްދަލުކުރާ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox