ކާވާ ބީޗް މުބާރާތުގައި ރާއްޖެ އަށް މުބާރާތް ނިމުނީ ކުއާޓާ އިން

Jan 27, 2025, 8:26 AM
ކާވާ ބީޗް މުބާރާތުގައި ރާއްޖޭގެ ކުޑަކާއްޓެ ފޮނުވާލާ ބޯޅައެއް ހުއްޓުވަން ލަންކާ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.--- ފޮޓޯ: ކާވާ

ކާވާ ބީޗް މުބާރާތުގައި ރާއްޖޭގެ ކުޑަކާއްޓެ ފޮނުވާލާ ބޯޅައެއް ހުއްޓުވަން ލަންކާ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.--- ފޮޓޯ: ކާވާ

ސްރީ ލަންކާގެ ނެގަމްބޯގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗްވޮލީބޯލް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ޕެއާތަކަށް މުބާރާތް ނިންމި ފަސް ވަނައިގައި ނިންމާލަން ޖެހިއްޖެ އެވެ.

އެ ގޮތުން، މީގެ ކުރިން، ރާއްޖޭގެ ފިރިހެން އެއް ވަނަ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވަނީ މީގެ ކުރިން ކަވާ ބީޗް މުބާރާތްތަކުގައި، ދެ ފަހަރު ރަން މެޑަލް އަދި ރިހި މެޑަލް ހޯދައިފަ އެވެ.

އެކަމަކު، މި ފަހަރުގެ މުބާރާތުގެ، ފުރަތަމަ މެޗުގައި ސްރީ ލަންކާގެ ދިލީޕާ އާއި މަލިތުގެ ޕެއާ އަތުން 21-17، 14-21، 11-15 އިން ބަލިވީ އެވެ. އޭގެ ފަހުން، ކަޒަކިސްތާންގެ ގުރިން އާއި މުހައްމަދުގެ ޕެއާ އަތުން 18-21، 21-19، 16-18 އިން އަދި އީރާނުގެ ގަލޭނޯވީ އާއި އަބޯލްހަސަން އަތުން ބަލިވީ 16-21، 11-21 އިންނެވެ.

ކުޑަ ކާއްޓެ އާއި އެޑަމްގެ ޕެއާ، ކުއާޓާ ފައިނަލުގައި ލަންކާގެ އަންޖަނާ އާއި ސަންދުންގެ ޕެއާ އަތުން ބަލިވީ 19-21، 19-21 އިންނެވެ. ރޭންކިން ޕޮއިންޓު ތާވަލުގައި 144 ޕޮއިންޓާ އެކު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ފަސް ވަނައިގައި އޮތްއިރު، ރާއްޖޭގެ ދެ ވަނަ ޕެއާ، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އަށް ވެސް 144 ޕޮއިންޓް ލިބިފައިވެ އެވެ.

ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ ގްރޫޕްގައި، ބޫޓާންގެ ޕެއާ އެއް ބަލިކޮށްފަ އެވެ. އެ ގޮތުން، ބޫޓާންގެ ޖުމޭ އާއި ޑޯޖީގެ ޕެއާ، އަތުން ޑެންޒޯ އާއި ކޯކޭގެ ޕެއާ މޮޅުވީ، 21-14، 21-12 އިންނެވެ.

ދެން، ކުޅުނު މެޗުތަކަށް ބަލާއިރު، ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ، ސްރީ ލަންކާގެ އަންޖަނާ އާއި ސަންދުން އަތުންގެ ޕެއާ އަތުން، 11-21، 14-21 އިން، ކަޒަކްސްތާންގެ ޔަކޯވިއޭވް އާއި ބޮގާޓޫގެ ޕެއާ، އަތުން 14-21، 11-21 އިން އަދި ލަންކާގެ ނަތިން އާއި މަދޫޝާގެ ޕެއާ އަތުން 10-21، 15-21 އިން ބަލިވެފަ އެވެ.

ކުއާޓާ ފައިނަލުގައި، ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިވީ ލަންކާގެ ދިލީޕާ އާއި މަލިތުގެ ޕެއާ އަތުން 12-21، 12،21 އިންނެވެ. ލަންކާގެ ދިލީޕާ އާއި މަލިތުގެ ޕެއާ ވަނީ، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވެސް ގްރޫޕް ސްޓޭޖުގައި ބަލިކޮށްފަ އެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ދެ ޕެއާ އަކީ، އަންހެން އެއް ނަމްބަރު ޕެއާ އަކީ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އެވެ. ދެން ވާދަކުރަނީ އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ) ގެ ޕެއާ އެވެ. މި ދެ ޕެއާގެ ތެރެއިން މެޗެއް ކާމިޔާބުކުރީ ގްރޫޕް ސްޓޭޖުގައި، ހައްވަ އާއި މާޖީގެ ޕެއާ އިންނެވެ. އެއީ، ބޫޓާނުގެ ޒަންގްމޯ އާއި ލޭކީއާގެ ޕެއާއާ ދެކޮޅަށް ކުޅެގެން، 21-16، 21-08 އިންނެވެ.

ހައްވަ އާއި މާޖީގެ ޕެއާ ދެން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސްރީ ލަންކާގެ ދެ ޕެއާ އަތުން ބަލިވި އެވެ. އެއީ، ޝެހާނީ އާއި ޗަތުރިކާގެ ޕެއާ އަތުން 07-21، 07-21 އިން އަދި ކަސޫނީ އާއި ވަސަނާ އަތުން ބަލިވީ 11-21، 17-21 އިންނެވެ. މީގެ އިތުރުން، ކަޒަކްސްތާންގެ ރީޔުކޯވާ އާއި ކަރީމޯވާގެ ޕެއާ އަތުން 15-21، 12-21 އިން ބަލިވިއިރު، ކުއާޓާ ފައިނަލުގައި ކަޒަކްސްތާންގެ ކަބުލްބެކޯވާ އާއި އިވާންޗެންކޯގެ ޕެއާ އަތުން 15-21، 08-21 އިން ބަލިވެފައިވެ އެވެ.

ރާއްޖޭގެ ދެ ވަަނަ ޕެއާ ކަމަށްވާ، އަރީ އާއި ޒީގެ ޕެއާ ވަނީ ކުޅުނު ހުރިހާ މެޗުން ނާކާމިޔާބުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ކަޒަކްސްތާންގެ ކަބުލްބެކޯވާ އާއި އިވާންޗެންކޯގެ ޕެއާ އަތުން 14-21، 13-21 އިން ބަލިވިއިރު، ދެން ކުޅުނު މެޗުތަކުގައި، ކިރިގިސްތާންގެ ރަސުލްބެކް ކީޒީ އާއި އައިޓްބެކޯވާގެ ޕެއާ އަތުން ތިން ސެޓު ކުޅެގެން، 21-19، 14-21، 09-15 އިން ބަލިވީ އެވެ.

ޒީ އާއި އަރީގެ ޕެއާ ވެސް ލަންކާގެ ދެ ޕެއާ އަތުން ބަލިވި އެވެ. އެއީ، ލަންކާގެ ދީޕިކާ އާއި ކަސޫނީގެ ޕެއާ އަތުން 18-21، 14-21 އިންނާއި ކުއާޓާ ފައިނަލުގައި ކަސޫނީ އާއި ވަސަނާގެ ޕެއާ އަތުން އަތުން 13-21، 14-21 އިންނެވެ.

ރާއްޖޭގެ އަންހެން ދެ ޕެއާ އަށް ވެސް ރޭންކިންގައި ލިބިފައިވަނީ، ފަސް ވަނަ އެވެ. އެއީ، 144 ޕޮއިންޓާ އެކު އެވެ.

މި ފަަހަރުގެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން، ދެން ވާދަކުރާ ގައުމުތަކަކީ، އިރާން، ބޫޓާން، ކިރްގިސްތާން އަދި ކަޒަކްސްތާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox