ސަރުކާރުން ފައިސާ ނުދޭތީ ގިނަ ކުންފުނިތައް ތިބީ ބަނގުރޫޓުވުމުގެ ހާލަތުގައި: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު. ކޮވިޑުގެ ހާލަތުގައި ވެސް އެމްޑީޕީ ސަރުކާރުން ބަރާބަރަށް ބިލުތަކަށް ފައިސާ ދެއްކި ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު. ކޮވިޑުގެ ހާލަތުގައި ވެސް އެމްޑީޕީ ސަރުކާރުން ބަރާބަރަށް ބިލުތަކަށް ފައިސާ ދެއްކި ކަމަށް ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވި ނަމަވެސް ރާއްޖޭގެ ގިނަ ކުންފުނިތައް ތިބީ ސަރުކާރުން ފައިސާ ނުދޭތީ ބަނގުރޫޓުވުމުގެ ހާލަތުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުގައި ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާލުވީ އެތެރޭގެ ދަރަނިތައް ދެއްކުމުގެ ގޮތުން މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީން ދިވެހި ވިޔަފާރިތަކަށް 500 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ.

ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީރު ކުރެއްވި ޓްވީޓެއްގައި ވަނީ އޮގަސްޓު 31، ގައި ރާއްޖޭގެ ޓީވީ ޗެނަލަކަށް ރައީސް ދެއްވި އިންޓަވިއުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގެ ވީޑިއޯއެއް ހިމަނާފަ އެވެ.

Advertisement

"އަޅުގަނޑުގެ ޓާގެޓަކީ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު ޕެންޑިންގައި ހުރި ފައިސާ މީހުންނަށް ދީ ނިންމޭނެ އިރާދުކުރެއްވިއްޔާ،" އެ އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ދެއްވި މުއްދަތު ފަހަނައަޅައި ގޮސް ތިން މަސް ދުވަސް ހޭދަވެގެންދާއިރު ވެސް ފައިސާ ނުދޭކަން އަމީރު ފާހަގަކުރެއްވި އެވެ. އެއާ ހިލާފަށް އެމްޑީޕީގެ ސަރުކާރުން ކޮވިޑުގެ ދުވަސްވަރާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށިގެން އައި ދުވަސްވަރު ވެސް ބިލުތަކަށް ފައިސާ ދެއްކި ކަމަށް އަމީރު ވިދާޅުވި އެވެ.

"ރައީސް އެއް ދޮގެއް މާ ގިނައިން ތަކުރާރު ކުރީމަ މީހުންނަށް އޮޅުވާލެވޭނެ ކަމަށް ހީކުރިޔަސް ހަގީގަތް އޮޅުވައި ނުލެވޭނެ. މި ސަރުކާރު އައިސް މި ވީ ދުވަސްތަކުގައި ގިނަ ކޮންޓްރެކްޓަރުންނަށް އެއްވެސް ގޮތަކަށް ޕޭ ނުކުރޭ. ގިނަ ކުންފުނިތައް މިހާރު ތިބީ ބަނގުރޫޓްވުމުގެ ހާލަތުގައި،" އަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ފަސް މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ބިލުތަކަށްވާ 501 މިލިއަން ރުފިޔާ ދަައްކާ ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ފަސް މިލިއަނުން ދަށުގެ ބިލުތަކަށް ފައިސާ ނުލިބޭ އެތައް ކުންފުންޏެއް އޮތްކަން ވަނީ އެނގިފަ އެވެ.

ކުންފުނިތަކުން ކޮށްފައިވާ ސަރުކާރުގެ މަސައްކަތްތަކަށް ދޭން ޖެހޭ އަގު ދެމުންދާ ކަމަށް ރައީސް ތަކުރާރުކޮށް ޕޯޑިއަމްގައި ވިދާޅުވި ނަމަވެސް އަމިއްލަ ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބުމުގެ ކަންބޮޑުވުން މި ސަރުކާރު ފެށުނީއްސުރެ ގެންދަނީ ފާޅުކުރަމުންނެވެ. އެ ކަމުގެ ޒިންމާ ރައީސް މުއިއްޒުގެ ސަރުކާރުން މަތިކުރަނީ މިދިޔަ ސަރުކާރާ އެވެ.

މިދިޔަ އަހަރު ދައުލަތަކަށް ރެކޯޑު އާމްދަނީ ލިބުނުއިރު ވެސް ބަރާބަރަށް ބިލުތަކަށް ފައިސާ ނުލިބި ބައެއް ކޮންޓްރެކްޓަރުން ކުރަމުންދިޔަ ވިޔަފާރިތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. "އަދަދު" ނޫހަށް މައުލޫމާތު ދިން ބައެއް ކޮންޓްރެކްޓަރުން ބުނި ގޮތުގައި ބައެއް ބިލުތަކަށް ފައިސާ ނުދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox