ވޮޝިންޓަން ޕޯސްޓުގެ ތަހުގީގުގެ ހޯދުންތައް ދިވެހި ސަރުކާރުން ދޮގުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް މުއިއްޒު ސަލާމް ކުރައްވަނީ. ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވެރިކަމުގެ ކުރީކޮޅު ގޯސްވި ނަމަވެސް މިހާރު އަނެއްކާ ވެސް އެ ގުޅުންތައް ދެ ސަރުކާރުން ވެސް ވަނީ ބަދަހިކުރަން ފަށާފައި ---- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް މުއިއްޒު ސަލާމް ކުރައްވަނީ. ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވެރިކަމުގެ ކުރީކޮޅު ގޯސްވި ނަމަވެސް މިހާރު އަނެއްކާ ވެސް އެ ގުޅުންތައް ދެ ސަރުކާރުން ވެސް ވަނީ ބަދަހިކުރަން ފަށާފައި ---- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ޖާސޫސީ ވިންގު، ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށް މަސައްކަތްކުރި ކަމަށް ބުނެ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ކުރި ތަހުގީގަކަށް ބިނާކޮށް ޝާއިއުކުރި ރިޕޯޓު ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

މިދިޔަ ހަފުތާ ވޮޝިންޓަން ޕޯސްޓުން އާންމުކުރި ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން ރޯއަށް "ޑިމޮކްރެެޓިކް ރިނުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ކަރުދާހެއް ހުށަހެޅީ އިދިކޮޅު އެމްޑީޕީން ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ވެސް މި ރިޕޯޓު އިއްޔެ ދޮގުކުރި އިރު މިވަގުތު އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލު ވަނީ ސަރުކާރުގެ ފަރާތުން މި ރިޕޯޓާ މެދު ދެކޭ ގޮތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފަ އެވެ. "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވަނީ ތަހުގީގުގެ ހޯދުންތައް ދޮގުކުރައްވާފަ އެވެ.

"އެއީ މުޅިން ވެސް ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކައެއް. އެ ކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވޭ. އެހާ ސިމްޕަލްކޮށް އޮތް ކަމެއް އެއީ،" ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓާ މެދު ބަހެއް ވިދާޅުވުމަށް ނޫސްވެރިޔާ އެދުމުން ދެއްވި ކުރު ޖަވާބުގައި ހަލީލު ވިދާޅުވި އެވެ. އިތުރު ވާހަކައެއް އެ ކަމާ ގުޅޭގޮތުން ވިދާޅެއް ނުވެ އެވެ.

ކޮންމެ ހަފުތާއަކު އެ ގައުމުގެ ހާރިޖިއްޔާއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މި ރިޕޯޓު ސިފަކުރެއްވީ ޒާތީ ހަސަދައެއްގެ ގޮތުގަ އެވެ. ރާއްޖެއާ ގުޅުވައި ޝާއިރުކުރި ރިޕޯޓާ ބެހޭ ގޮތުން އިތުރު ވާހަކައެއް އޭނާ ނުދައްކަވަ އެވެ.

"[މި ރިޕޯޓުގެ ސަބަބުން] އެ ނޫސްވެރިޔާ އަދި ނޫހުންވެސް އިންޑިއާއާ މެދު ގެންގުޅޭ ހަސަދަވެރިކަމާއި ނަފްރަތު ފެނިގެންދޭ. އެ މީހުން މި ކަންކަން ކުރާ ގޮތުން އެކަމުގެ ހާއްސަ ތަރުތީބެއް ފެންނާނެ،" ޖައިސްވާލް ވިދާޅުވި އެވެ.

މިއީ ދިވެހި ސަރުކާރުން މި ރިޕޯޓާ ގުޅޭގޮތުން ރަސްމީކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރު ކަމަށްވާއިރު ތުހުމަތުތައް އަމާޒުވި އެމްޑީޕީ އާއި ވެރިކަން ކުރާ ޕީއެންސީން ވެސް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

ދިވެހި ސިޔާސީ ލީޑަރުންގެ ތެރެއިން ރިޕޯޓާ ގުޅުވާ މިހާތަނަށް ވާހަކަދައްކަވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައީސަކު މަގާމުން ދުރު ކުރަން އިންޑިއާއިން އެހީތެރި ނުވާނެ ކަމަށެވެ.

"އިންޑިއާއިން އެފަދަ ކަމަކަށް ދުވަހަކުވެސް އެއްބާރުލުމެއް ނުދޭނެ. އެ ގައުމުން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދު ކުރޭ. ދުވަހަކު ވެސް ޝަރުތުތަކެއް ކަނޑައަޅާ ނޫޅޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން ރޭވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox