ރާއްޖޭގެ ޓެނިސް ދެން އޮތް ލެވަލަށް ދާ ކަމުގެ މަންޒަރު އެބަފެނޭ

Dec 22, 2024, 11:03 AM
ރާއްޖޭގެ ޓެނިސް ދެން އޮތް ލެވަލަށް ދާ ކަމުގެ މަންޒަރު އެބަފެނޭ

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގެ ސަަބަބުން ރާއްޖޭގެ ޓެނިސް ދެން އޮތް ލެވަލަށް ދާ ކަމުގެ މަންޒަރުތައް މިހާރު ފެންނަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަަމަ ފަހަރަށް އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއާ ލެވަލްގެ ދެ މުބާރާތް ފާއިތުވި 12 ދުވަސް ތެރޭ ވަނީ ބާއްވައިފަ އެވެ. ދެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު ރާފިއު އެވެ.

ހާޒިރުވެ ތިބި، ޓެނިސް އެސޯސިއޭޝަންގެ އިސް ފަރާތްތަކާއި މުބާރާތުގައި ވާދަކުރި ދިވެހި އާއި ބިދޭސީ ކުޅުންތެރިން އަދި އެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނާ މުހާތަބުކޮށް ދެއްކި ވާހަކައިގައި މިނިސްޓަރު ރާފިއު ވަނީ، އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވާހަކަ ދައްކަވައި، މި މުބާރާތްތައް ބޭއްވުމުގެ މުހިންމު ކަމާއި މީގެ ސަަބަބުން ކުރާ ފައިދާތަކުގެ ވާހަކަ ހިއްސާކޮށްފަ އެެވެ.

އެ ގޮތުން، މިނިސްޓަރު ރާފިއު ވިދާޅުވީ، ޓެނިސް އެސޯސިއޭޝަނުން މުޅި ރާއްޖެ އަށް މި ކުޅިވަރު އިތުރަށް ފުޅާކުރަން ކުރާ މަސައްކަތާއި އާ އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް ކުރާ ކަންކަމާއި އިންޓަނޭޝަނަލް މުބާރާތް ބާއްވައި ކުރާ މަސައްކަތުން ޓެނިސް ދެން އޮތް ލެވަަލަށް ދާ މަންޒަރު ފެންނަ ކަމަށެވެ.

"ވަރަށް މުހިންމު ވަރަށް ބޮޑު ބޭނުމެއް އަޅުގަނޑުމެންނަށް ވެސް ފުދިގެން ދިޔަ މުބާރާތަކަށް ވެގެން މި ދިޔައީ އަޅުގަނޑުމެންގެ ތިބި ޔަންްގް ޓެލެންޓް އަޅުގަނޑުމެންނަށް އައިޑެންޓިފައި ވެ އެ ކަމަށް ޑިވެލޮޕްކުރަން ކުރެވޭނެ ގިނަ ކަންތައްތަކެއް ވެސް އަޅުގަނޑުމެންގެ ތެރޭގައި ޑިސްކަސް ކުރެވިގެން ހިނގައްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިނިސްޓްރީގެ ފަރާތުން ޓެނިސް ކުރިއެރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގައި މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ ވާހަަކަ ވެސް މި ފުރުސަތުގައި ދަންނަވަން. އެސޯސިއޭޝަނުން ކުރަމުންގެންދާ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން، ދުއާ އަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރާކާތްލެއްވުން،"

އޭޓީއެފް ދެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އާރާ އާސާލް އާޒިމް އެވެ. އަދި އާރާ އާއި ނަޔާރާ އުސާމާ އަލީގެ ޕެއާ އިން ފުރަތަމަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި އެވެ. އޭޓީއެފް ދެ ވަނަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ކެރީން އާއި ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާގެ ޕެއާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox