ސީޒަން ފަށާނެ ސީދާ ތާރީހެއް ޔަގީން ނުވާތީ މާޒިޔާ އިން ޕްރެކްޓިސް މެދުކަނޑާލައިފި

މާޒިޔާގެ ޕްރީ ސީޒަަން ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މާޒިޔާގެ ޕްރީ ސީޒަަން ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ސީދާ ތާރީހެއް ޔަގީންނުވާތީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޕްރެކްޓިސް މެދުކަނޑާލައިފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު މާޒިޔާ އިން ޕްރީ ސީޒަންގެ ޕްރެކްޓިސް ފެށީ، އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން، ޖެނުއަރީ 24 ވަނަ ދުވަހު ސީޒަން ފަށާނެ ކަމަށް ބެލުމަށް ފަހު އެވެ. އެކަމަކު، މިހާތަނަށް އައިއިރު، އަންނަ މަހުގެ ސީޒަން ފެށޭނެ މަންޒަރެއް ނުފެންނާތީއާ އެކު، މާޒިިޔާ އިން ނިންމީ ޕްރީ ސީޒަން ޕްރެކްޓިސް ބްރޭކެއް ނެގުމަށެވެ.

އެ ގޮތުން ޕްރެކްޓިސް މެދުކަނޑާލަން ނިންމާފައިވަނީ މާދަމާ އިން ފެށިގެންނެވެ.

Advertisement

މާޒިޔާގެ އޮފިޝަލަކު "އަދަދު ސްޕޯޓްސް" އަށް ބުނީ، ޕްރީ ސީޒަން ޓްރެއިނިން ބްރޭކެއް ނެގުމަށް ނިންމީ ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ފާހަގަކޮށްފައިވަނީ އެފްއޭއެމް އިން ފޮނުވި ޑްރާފްޓް ޝެޑިއުލާ އެއްގޮތަށް އަންނަ މަހު ސީޒަން ފެށޭނެ ކަމަށް ނުފެންނާތީ އެވެ.

މި ބްރޭކު ނަގަން މާޒިޔާ އިން ނިންމިއިރު، އެ ޓީމާ ހަވާލުވެހުރި، ސާބިއާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް ވެސް ޗުއްޓީ އަކަށް އެނބުރި ގައުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ، އޮކްޓޫބަރު މަހު ފަހުކޮޅާއި ނޮވެމްބަރު މަހު ކުރީކޮޅުގައި ކުޅުނު އޭއެފްސީ ޗެލެންޖް ލީގުގައި ކުޅެފަ އެވެ. އެ މުބާރާތުގައި ވާދަކުރިއިރު މާޒިޔާ އަށް އެންމެ ބޮޑު މައްސަލަ އަކަށް ކުރިމަތިވީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކުރިއަށް ނުދާ ދަނޑިވަޅެއްގައި އިންޓަނޭޝަނަލް މުބާރާތެއް ކުޅެން ޖެހުމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ސީޒަން ނިމުނުއިރު، އަންނަ ބުރާސްފަތި ދުވަހަށް ރާއްޖޭގައި ފުރަތަމަ ޑިިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ އަހަރެއްވާނެ އެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި، ފެބްރުއަރީ މެދުތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭތޯ މަސައްކަތް ކުރާއިރު، މާޗް މަހުގެ 25 ވަނަ ދުވަހުގައި، އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި، ރާއްޖޭން ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox