ހަމްނާ، ވޯލްޑް އެކުއަޓިކްސް މުބާރާތުގައި އެއް އިވެންޓެއްގެ ގައުމީ ރެކޯޑް ދެ ވަނަ ފަހަރަށް އާ ކޮށްފި

Dec 16, 2024, 8:07 AM
ރާއްޖޭގައި ކުރިއަށްދިޔަ މުބާރާތެއްގެ ތެރެއިން ހަމްނާ ފަތަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި ކުރިއަށްދިޔަ މުބާރާތެއްގެ ތެރެއިން ހަމްނާ ފަތަނީ.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ގައުމީ ސްވިމިން ޓީމުގެ ހަމްނާ އަހުމަދު، އެއް އިވެންޓަކުން ގައުމީ ރެކޯޑް ދެ ވަނަ ފަހަރަށް އާ ކޮށްފި އެވެ.

މިހާތަނަށް މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ހަ ފަހަރަށް ގައުމީ ރެކޯޑް ވަނީ އާ ކޮށްފަ އެވެ. އޭގެ ތެރެއިން، ތިން ރެކޯޑެއް އާ ކުރީ ހަމްނާ އެވެ.

އެ ގޮތުން، ހަމްނާ އެންމެ ފުރަތަމަ އާ ކުރީ، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. ޙަމްނާ އެ ރެކޯޑް އާ ކުރީ، 01:20.69 ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޙަމްނާ އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އޭގެ ފަހުން، އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ޙަމްނާ ވަނީ ދެ ފަހަރެއްގެ މަތިން އާ ކޮށްފަ އެވެ. ހަމްނާ މި ރެކޯޑް މި މުބާރާތުގައި ފުރަތަމަ އާ ކުރީ، 100 މީޓަރު ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:36.84 އިން ނިންމައިގެންނެވެ. އޭގެ ފަހުން، ހަމްނާ މިރެކޯޑު އާކޮށްފައިވަނީ 00:36.55 އިން ރޭހެއް ނިންމައިގެންނެވެ.

ދެން، މި ފަހަރުގެ ވޯލްޑް އެކުއަޓިކްސް މުބާރާތުގައި ގައުމީ ރެކޯޑް ހަދާފައިވަނީ، މުހައްމަދު އާން ހުސެއިން ދެ ރެކޯޑާއި ރިހާން ޝިހާމް އެއް ރެކޯޑް އެވެ.

އެ ގޮތުން، އާން، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 00:52.29 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓް ރެކް ޗެމްޕިއަންޝިޕް ގައި 00:53.45 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އާން ވަނީ، ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ. އާން، މި ރެކޯޑް އާކޮށްފައިވަނީ 00:23.35 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕް ގައި 00:23.76 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ފަހަރުގެ ވޯލްޑް އެކުއަޓިކްސްގައި، ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 02:17.93 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ރިޙާން އެވެ. އެއީ، މިދިޔަ އޮކްޓޫބަރު މަހު ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25 މީޓަރު) އޭޖް ގްރޫޕް ސްވިމިންް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް 02:21.75 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox