ނިސްޓެލްރޫއީ، ލެސްޓާއާ ހަވާލުވީ ޗެެލެންޖެއް ނަގަން

Nov 30, 2024, 2:53 AM
ނިސްޓެލްރޫއީ، ލެސްޓާއާ ހަވާލުވީ ޗެެލެންޖެއް ނަގަން

ލަންޑަން (ނޮވެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ދާދި ފަހުން މަސައްކަތް ކުރި ނެދަލެންޑްސްގެ ކޯޗު ރޫޑް ވޭން ނިސްޓަލްރޫއީ، ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވީ ޗެެލެންޖެއް ނެގުމުގެ ގޮތުން ކަމަށް ބުނެފި އެވެ.

ނިސްޓެލްރޫއީ، 48، ލެސްޓާއާ އެކު ސޮއިކުރީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގްގެ އެސިސްޓަންޓް ކޯޗަކަށް މިދިޔަ ޖޫން މަހު، ނިސްޓެލްރޫއީ، ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އޮކްޓޫބަރު މަސް ތެރޭ ޓެން ހާގް ވަކިކުރުމާ ގުޅިގެން، ނިސްޓެލްރޫއީ ވަނީ 18 ދުވަހު ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ޒިންމާ އަދާކޮށްފަ އެވެ. އެ ދުވަސްތަކުގައި، ނިސްޓެލްރޫއީ ވަނީ ލެސްޓާ އަތުން ދެ ފަހަރު މޮޅުވެފަ އެވެ. އެއީ، ލީގު ކަޕްގައި 5-2 އިންނާއި ލީގުގައި 3-0 އިންނެވެ.

ޔުނައިޓެޑްގެ އާ ކޯޗު، ރުބެން އަމޮރިމްގެ ކޯޗިން ސްޓާފުންގެ ތެރެއިން ފުރުސަތު ނެތުމާ އެކު، ނިސްޓެލްރޫއީ އެކްލަބް ދޫކޮށް ލެސްޓާއާ ހަވާލުވީ، އެ ޓީމުގެ ކޯޗަކަށް ހުރި ސްޓީވް ކޫޕާ މަގާމުން ވަކިކުރިތާ ފަސް ދުވަސް ފަހުންނެވެ.

ޕީއެސްވީ އައިންދޯވަން އަށް ކުރިން ކޯޗުކޮށްދިން ނިސްޓެލްރޫއީ ބުނީ، ލެސްޓާ އަކީ ޕްރިމިއާ ލީގުގައި ކާމިޔާބު ހޯދާފައި އޮތް ރަނގަޅު ޓީމެއް ކަމަށާއި އެ ކްލަބާ ހަވާލުވީ ޗެލެންޖް ނެގުމުގެ ޝައުގުވެރިކަމުގެ ތެރެއިން ވަރުގަދަ ލީގެއްގައި މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ނިސްޓެލްރޫއީގެ ކޯޗުކަމުގައި ލެސްޓާ ކުޅޭ ފުރަތަމަ މެޗަކީ މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ލީގުގައި އެ ޓީމުން ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox