ކިޑްސް ސްވިމިން ފެސްޓިވަލްގައި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން އަށް ބޮޑު ކާމިޔާބެއް

Nov 24, 2024, 5:36 AM
އެމްއެލްއޭގެ ކުދިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެމްއެލްއޭގެ ކުދިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަސް ވަނަ ކިޑްސް ސްވިމިން ފެސްޓިވަލުން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އިން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

އެމްއެލްއޭ އިން ވަނީ މުބާރާތުގެ ހުރިހާ ކެޓަގަރީއަކުން އެއް ވަނަ ހޯދައިފަ އެވެ.

އެ ގޮތުން، އެމްއެލްއޭ އިން ވަނީ، ކިޑްސް އޭ ކެޓަގަރީ (2016 އާއި 2017) ވަނަ އަހަރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ބައިން އެއް ވަނަ ހޯދައި، ކިޑްސް ބީ ކެޓަގަރީ (2014 އާއި 2015) ވަނަ އަހަރު އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ބައިން އެއް ވަނަ ހޯދުމުގެ އިތުރުން، ކިޑްސް ސީ ކެޓަގަރީ (2013) ވަނަ އަހަރުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިން އެއް ވަނަ ހޯދައިފަ އެވެ.

Advertisement

ކްލަބް ބޮޑުރިޔާގެ ކުދިންތަކެއް ތަށްޓާ އެކު.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯޯލްޑިވްސް

ކްލަބް ބޮޑުރިޔާ އިން ވަނީ، ކިޑްސް އޭ ކެޓަގަރީގެ ފިރިހެން ބައިން ދެ ވަނަ އާއި އަންހެން ބައިން ތިން ވަނަ، ކިޑްސް ބީ ކެޓަގަރީގެ ފިރިހެން ބައިން ދެ ވަނަ އާއި އަންހެން ބައިން ތިން ވަނަ އަދި ކިޑްސް ސީ ކެޓަގަރީން އަންހެން ބައިން ދެ ވަނަ އަދި ފިރިހެން ބައިން ތިން ވަނަ ހޯދައިފަ އެވެ.

ދެން އެންމެ ނަތީޖާ ރަނގަޅީ، ނިއު ލެގޫން ސްވިމިން ކްލަބްގެ އެވެ. އެ ގޮތުން އެ ކްލަބުން ވަނީ، ކިޑްސް އޭ ކެޓަގަރީގެ އަންހެން ބައިން ދެ ވަނަ، ކިޑްސް ބީ ކެޓަގަރީގެ އަންހެން ކެޓަގަރީން ދެ ވަނަ، އަދި ކިޑްސް ސީ ކެޓަގަރީގެ އަންހެން ބައިން ދެ ވަނަ ހޯދުމުގެ އިތުރުން، ކިޑްސް ބީ ކެޓަގަރީގެ ފިރިހެން ބައިން ތިން ވަނަ އަދި ކިޑްސް ސީ ކެޓަގަރީގެ ފިރިހެން ބައިން ތިން ވަނަ ހޯދައިފަ އެވެ.

ނިއު ލެގޫން ސްވިމިން ކްލަބްގެ ކުދިން ތަށްޓާ އެކު،--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

މޫދު މާލިމީން ވަނީ ކިޑްސް އޭ ކެޓަގަރީގެ ފިރިހެން ބައިން ތިން ވަނަ ހޯދައިފަ އެވެ.

ކިޑްސް ފެސްޓިވަލްގައި މި ފަހަރު އަށް ކްލަބަކުން ވާދަކުރި އެވެ. ކްލަބް ބޮޑުރިޔާ އިން އެންމެ ގިނަ ކުދިން ވާދަކުރިއިރު، އެ ކްލަބުން އެކަނި 76 ކުދިން ފެނިގެންދިޔަ އެވެ.

ދެން ވާދަކުރި ކްލަބްތަކަށް ބަލާއިރު، އަކުއަފީނާ އިން 30 ކުދިން، ގާޑިއަން ސްޕޯޓްސް ކްލަބް އިން 25 ކުދިން، އެމްއެލްއޭ އިން 61 ކުދިން، މޫދު މާލިމީ އިން 28 ކުދިން، ނިއު ލެގޫންސް ސްވިމިން ކްލަބުން 43 ކުދިން، ސޯލްޓެޑް ވެންޗާސް ސްވިމާސް އިން 15 ކުދިން، އަދި ސްޕޯޓްސް ނޭޗާ އިން 40 ކުދިންގެ އިތުރުން، އެއްވެސް ކްލަބަކާ ނުގުޅި 107 ކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox