1000 ގޯލު ހަމަކުރާނެ ހަކަތަ ރޮނާލްޑޯގެ ހަށިގަނޑުގައި ނުހުރެދާނެ

Nov 13, 2024, 4:15 AM
1000 ގޯލު ހަމަކުރާނެ ހަކަތަ ރޮނާލްޑޯގެ ހަށިގަނޑުގައި ނުހުރެދާނެ

ލިޒްބަން، ޕޯޗުގަލް (ނޮވެމްބަރު 13) - ފުޓްބޯޅަ ކެރިއަރުގައި 1000 ގޯލު ހަމަކުރުމަކީ ޓާގެޓެއް ކަމަށް ކުރިން ބުނި ކަމުގައި ވިޔަސް އެކަން ހާސިލްކުރެވޭހާ ހަކަތަ އޭނާގެ ހަށިގަނޑުގައި ނުހުރެދާނެ ކަމަށް ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ، 39، ޕްރޮފެޝަނަލް ކެރިއަރުގައި ޖެހި ގޯލުގެ އަދަދު މި ވަގުތަށް ބަލާއިރު ވަނީ 908 އަށް އަރައިފަ އެވެ. އެންމެ ފަހުން ރޮނާލްޑޯ ކުޅުނު ސީޒަންތަކުގައި ލަނޑު ޖަހާފައިވާ ރޭޓަށް ބަލާއިރު، އަދި ތިން ވަރަކަށް ސީޒަން ކުޅެގެން ނޫނީ ރޮނާލްޑޯ އަށް 1000 ގޯލު ހަމަކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

"އަހަންނަށް މި ވަގުތު ޕްރޮފެޝަނަލީ ވިސްނެން އޮތީ އެކަން އެ ހިނގާ ވަގުތަކަށް އެކަނި، ލޯންގްޓާމް ޕްލޭންތަކެއް ހަދައިގެން ކުރިއަށްދެވޭނެ ހާލަތެއް ނޫން މި އޮތީ." ދާދި ފަހުން ޕޯޗުގަލްގެ ޝަރަފްވެރި އެވޯޑް ހަފްލާއެއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"ޕަބްލިކްގައި ވާހަކަ ދައްކަމުން އަހަރެން ބުނެފައިވާނެ 1000 ގޯލު ހަމަކުރަން ބޭނުންވާ ވާހަކަ. ބައެއް ފަހަރު ހީވޭ ފަސޭހަކަމެކޭ ވެސް، އެއީ މިދިޔަ މަހު ކަހަލަ ގޮތަކަށް އަހަރެން 900 ގޯލު ހަމަވީ، އެކަމަކު، ކުރިން ވެސް ބުނިހެން އަހަރެން މި ވިސްނަނީ މި ވަގުތަށް، ހިނގާ ބަލަމާ ކުރިއަށް އޮތް ދެތިން އަހަރު އަހަރެންގެ ފައި ހުންނާނެ ހާލަތެއް. އަހަންނަށް 1000 ގޯލު ޖެހިއްޖިއްޔާ ވަރަށް ރަނގަޅު، އެކަމަކު، އެކަން ނުވިޔަސް އަހަންނަކީ ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ،"

ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ، ފުޓްބޯޅަ ކެރިއަރު ނިންމާލާނެ ދުވަހެއް ބުނަން އޭނާ އަށް ވެސް ނޭނގޭ ކަމަށާއި އަދިވެސް ކުޅެން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox