ހަމްނާ، ފަސް އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

Nov 9, 2024, 5:03 AM
ހަމްނާ، ފަސް އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

ހަންގޭރީގައި ތަމްރީން ހަދަމުން އަންނަ ގައުމީ ސްވިމިން ޓީމުގެ ހަމްނާ އަހުމަދު، ފަސް އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.

ހަންގޭރީގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހަމްނާ ވަނީ، އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

މި ރެކޯޑް އެންމެ ފަހުން ހެދީ، މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި، ގައުމީ ޓީމުގެ ފެތުންތެރިޔާ، އައިޝަތު ސާޖިނާ އެވެ. ސާޖިނާ އެ ފަހަރު ރެކޯޑް ހެދީ 03:08.91 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ހަމްނާ، އެ ރެކޯޑް މުގުރާލި ޓައިމިން އަކީ، 03:00.53 އެވެ.

Advertisement

ހަމްނާ ވަނީ ދާދި ފަހުން ދެ ރެކޯޑެއް ހަދައިފަ އެެވެ. އެއީ، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑާއި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ.

ދާދި ފަހުން، ތިން ރެކޯޑެއް މުގުރާލި، މުހައްމަދު އާން ހުސެއިން ވަނީ އަނެއްކާ ވެސް އިތުރު ތިން ރެކޯޑެއް މުގުރާލައިފަ އެވެ. މި ފަހަރު މުގުރާލީ ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓާއި ފިރިހެނުންގެ ޝޯޓް ކޯސް 200 މީޓަރު ފްރީ ސްޓައިލް އިވެންޓްގެ އިތުރުން، ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުން އާން ރެކޯޑް ހެދީ 00.23.79 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އޮތީ ވެސް އާން އަތުގަ އެވެ. އެއީ، މިދިޔަ މަހު ބޭއްވުނު ދެ ވަނަ ޝޯޓް ޓްރެކް ބުޑަ ކަޕްގައި 00:24.29 އިން ރޭސް ފުރިހަމަ ކޮށްގެން ހެދި ރެކޯޑެކެވެ.

ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާން އާ ކުރީ 02:01.08 އިން ރޭސް ނިންމައިގެންނެވެ. މިއީ، އެންމެ ފަހުން މުހައްމަދު ރިހާން ޝިހާމް އާ ކުރި ރެކޯޑެކެވެ. އެއީ، މި އަހަރު މެދުތެރޭގައި ބޭއްވި އޭއޯއެސްއައި ޝޯޓްކޯސް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރިހާން އޭރު މި އިވެންޓްގެ ރެކޯޑް ހެދީ 02.03.06 ގެ ޓައިމިން އަކުންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ އާން އާކުރީ 00:26.67 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް ވެސް އެންމެ ފަހުން އޮތީ ރިހާން އަތުގަ އެވެ. ރިހާން ރެކޯޑް ހެދި ވަގުތަކީ 00:27.06 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox