ޖޫނިއާ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ދެ އެތުލީޓުންނަށް ހޮވުނީ މުޒްނާ އާއި އަބްސަލް

Oct 24, 2024, 9:17 AM
އެންމެ މޮޅު އަންހެން އެތުލީޓު މުޒުނާއާ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް 2024

އެންމެ މޮޅު އަންހެން އެތުލީޓު މުޒުނާއާ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް 2024

އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އައްޑޫ ހައި ސްކޫލްގެ އަހުމަދު އަބްސަލް މުހައްމަދު ޖަލީލް ހޯދިއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް އައްޑޫ ހައި ސްކޫލްގެ ހައްވާ މުޒުނާ ފާއިޒް ހޮވިއްޖެ އެވެ.

މުބާރާތުގެ 20 އަހަރުން ދަށުގެ މޮޅު އެތުލީޓުގެ މަގާމު ހޯދީ ވެސް މުޒުނާ އާއި އަބްސަލް އެވެ.

މި މަހުގެ 19 އިން އިއްޔެގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މޮޅު ދެ އެތުލީޓުންނަށް އައްޑޫ ހައި ސްކޫލްގެ ދެ އެތުލީޓުން ހޮވުނުއިރު، މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކީ، ގދ. ތިނަދޫ އަށް ނިސްބަތްވާ ރައުހަތު ސްޕޯޓްސް އެވެ. އަދި އެންމެ މޮޅު އަންހެން ޓީމަކީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ.

ވިހި އަހަރުން ދަށުގެ ޗެމްޕިއަންކަން ލިބުނު އަންހެން އަދި ފިރިހެން ޓީމަކީ އައްޑޫ ހައި ސްކޫލް އެވެ.

މުބާރާތުގެ 15 އަހަރުން ދަށް ފިިރިހެން އެންމެ މޮޅު އެތުލީޓަކީ މުހައްމަދު ޖަމާލުއްދީން ސްކޫލްގެ ހަސަން އަކުމަލް ލުޖަައިން އެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުއްރަހުމާން އެވެ. ސަތާރަ އަހަރުން ދަށުގެ މޮޅު ފިރިހެން އެތުލީޓަކަށް ކަނޑުހުޅުދޫ ސްކޫލްގެ ޔޫސުން މުހައްމަދު މޫސާ ހޮވުނުއިރު، އެ އުމުރުފުރާގެ އަންހެން މޮޅު އެތުލީޓަކީ، ޝަރަފުއްދީން ސްކޫލްގެ އައިމިނަތު އައިކާ އަހުޔަދު އެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަން ޓީމުގެ މަގާމާއި 15 އަހަރުން ދަށުގެ މޮޅު ފިރިހެން ޓީމަކަށް ހޮވުނީ މުހައްމަދު ޖަމާލުއްދީން ސްކޫލް އެވެ. އަދި 15 އަހަރުން ދަށުގެ މޮޅު އަންހެން ޓީމަކީ، ޝަރީފް ސްޕޯޓްސް އެެވެ.

ސަތާރަ އަހަރުން ދަށުގެ މޮޅު ފިރިހެން ޓީމަކަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޮވުނުއިރު، އެ އުުމުރުފުރާގެ މޮޅު އަންހެން ޓީމަކީ، ޝަރަފުއްދީން ސްކޫލް އެވެ.

މި ފަހަރުގެ ޖޫނިއާ މުބާރާތުގައި، 29 ޓީމަކުން 868 އެތުލީޓުން ވާދަކުރެ އެވެ. ޖޫނިއާ މުބާރާތުގެ ގިނަ ރެކޯޑްތަކެއް ވެސް މުގުރާލައިފައިވެ އެވެ. އެ ގޮތުން ޖޫނިއާ މުބާރާތުގެ 30 ރެކޯޑް ވަނީ އެކި އެތުލީޓުންގެ ހިތްވަރާ އެކު އާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox