ގައުމީ ކްރިކެޓް ޓީމުގެ އާދަމް އިންޓަނޭޝަނަލް މެޗުތަކުގައި 50 ވިކެޓް ހަަމަކޮށްފި

Oct 24, 2024, 3:59 AM
ގައުމީ ކްރިކެޓް ޓީމުގެ އާދަމް އިންޓަނޭޝަނަލް މެޗުތަކުގައި 50 ވިކެޓް ހަަމަކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ)، އިންޓަނޭޝަނަލް މެޗުތަކުގައި 50 ވިކެޓް ހަމަކޮށްފި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިން ތިން ފަަހަރު ވެސް އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ހޮވުނު އާދަމް، 50 ވަނަ ވިކެޓް ހަަމަކުރީ އިއްޔެ، މިހާރު ކުރިއަށްދާ، ބޫޓާން ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގައި ބޫޓާން އަތުން ހަތް ވިކެޓުން، ރާއްޖެ މޮޅުވި މެޗުގަ އެވެ. މި މެޗުގައި، އާދަމް ނެގީ ވެސް އެންމެ ވިކެޓް އެކެވެ.

ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ އާދަމް އެންމެ ގިނަ ވިކެޓް ނެގީ ވެސް ބޫޓާނާ އެކު ކުޅުނު މެޗުތަކުގަ އެވެ. އެ ގޮތުން، އޭނާ ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު އަށް މެޗުން 11 ވިކެޓް ނަގައިފަ އެވެ. ތައިލެންޑާ އެކު ކުޅުނު ހަ މެޗުން ވެސް 11 ވިކެޓް ނެގިއިރު، ގަތަރާ ދެކޮޅަށް ކުޅުނު ފަސް މެޗުން ހަތް ވިކެޓް ނެގި އެެވެ.

އާދަމްގެ ކެރިއަރަށް ބަލާއިރު، ސްކޫލް ލެވަލްގައި ގިނަ މުބާރާތްތަކެއް ކުޅުނެވެ. އޭނާގެ ހުނަރު ފެނި، ކްރިކެޓް ބޯޑްގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން އޭނާ އަށް ފުރުސަތު ލިބުނެވެ. އެ ފަހުން، ދެން، ވިލިމާލޭގައި ކުޅެން އުޅުމުގެ ބަދަލުގައި މާލެ އަށް ގަވާއިދުން، ކްރިކެޓް ބޯޑުން ބާއްވާ ޓްރެއިނިން އަށް އަންނަން ފެށީ އެވެ. މާގިނަ ދުވަހެއް ނުވެ، 2013 ވަނަ އަހަރު އާދަމް އަށް ގައުމީ ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ފަހިވި އެވެ. އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ހުކުރު ދުވަހު، ރާއްޖޭގެ ކްރިކެޓް ޓީމުން 14 އަހަރު ތެރޭ ކުޅޭ ފުރަތަމަ ފައިނަލަށް، ޓީމާ އެކު، އާދަމް ނުކުންނައިރު، މި ވަގުތު އޭނާ އަކީ ޓީމުގެ ވައިސް ކެޕްޓަނެވެ.

ރާއްޖޭން އެންމެ ފަހުން، އިންޓަނޭޝަނަލް ކްރިކެޓް ފައިނަލެއްގައި ކުޅުނީ 2010 ވަަނަ އަހަރު ތައިލެންޑްގައި ބޭއްވި، އޭސީސީ ޓްރޮފީ ޗެލެންޖް މުބާރާތުގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ސައުދީ އަރަބިއްޔާ އަތުން އެއް ވިކެޓުން ވަަނީ މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ، އިސްމާއިލް ނިހާދު އެވެ. އޭނާ އަކީ މި ވަގުތު ޓީމުގެ ކޯޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox