ދެ ވަަނަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ

Oct 20, 2024, 2:13 PM
ދެ ވަަނަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ

ބޫޓާނުގައި މިހާރު ކުރިއަށްދާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި، މިއަދު ކުޅުނު މެޗުން ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ އެވެ.

މިއީ، ބޫޓާނުން އެ ގައުމުގައި ކުޅެ، ބައިނަލްއަގުވާމީ ކްރިކެޓް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މި މުބާރާތަކީ ބޫޓާނުގައި އަލަށް ގާއިމްކުރި ކްރިކެޓް ސްޓޭޑިއަމް ހުޅުވަން އެ ގައުމުން ބާއްވާ މުބާާރާތެކެވެ. މި މުބާރާތުގައި ބޫޓާނުން ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ބަލިވީ، 77 ލަނޑުންނެވެ. ދެ ވަނަ މެޗުގައި، މިއަދު ބޫޓާނުން މި ވަނީ ރާއްޖެ އަތުން ހަތަރު ވިކެޓުން މޮޅުވެފަ އެވެ.

ޓޮސް ދިމާވުމުން، ބޫޓާނުން ނިންމީ ހޮވާށެވެ. ރާއްޖޭން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 112 ލަނޑެވެ. ރާއްޖެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 55 ބޯޅައިން 58 ލަނޑު ހެދި، ޓީމުގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު އެވެ. ރާއްޖޭގެ ވިކެޓް ކީޕަރު، މުހައްމަދު އައްޒާމް ވަނީ 26 ބޯޅައިން 25 ލަނޑު ހަދައިފަ އެވެ.

ބޫޓާން މޮޅުވީ، ޖަވާބުގައި ކުޅެން އަރައި، 18 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިިވިއިރު، 113 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ. މި އިނިންސްގައި ރާއްޖޭގެ އިބްރާހިމް ރިޒާން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ބައިނަލްއަގުވާމީ ކްރިކެޓަށް 2003 ވަނަ އަހަރު ނުކުތް ބޫޓާނުން ފުރަތަމަ މެޗު ކުޅުނީ ރާއްޖެއާ ދެކޮޅަށެވެ. މުބާރާތެއްގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވިއިރު، ޓީ20 ގައި ބޫޓާނުން ފުރަތަމަ ފެނިގެންދިޔައީ، 2019 ގެ ސައުތު އޭޝިއަން ގޭމްސްގެ ކްރިކެޓްގަ އެވެ. އެ ފަހަރު ރާއްޖޭން ވަނީ ބޫޓާން ބަލިކޮށްފަ އެވެ. އެހެންކަމުން، މިއަދު ބޫޓާނުން ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަތުން މި ހޯދި ފުރަތަމަ މޮޅަކީ އެ ގައުމަށް ތާރީހީ ކަމެކެވެ.

މުބާރާތުގައި ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި، އަންގާރަ ދުވަހު ކުޅޭނީ ތައިލެންޑާ އެވެ.

ސެމީ ފައިނަލް މި މަހުގެ 23 ގައި ކުޅޭއިރު، ތިން ވަނަ ހޮވާ މެޗު 24 ގައި ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭނީ، މި މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox