އިންޑޮނޭޝިއާ އަތުން ކްރިކެޓް ޓީމު މޮޅުވެއްޖެ

Oct 19, 2024, 4:55 PM
އިންޑޮނޭޝިއާ އަތުން ކްރިކެޓް ޓީމު މޮޅުވެއްޖެ

ބޫޓާނުގައި މިއަދު ފެށި ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އިންޑޮނޭޝިއާ އަތުން 23 ލަނޑުން މޮޅުވެއްޖެ އެވެ.

ރާއްޖޭން ޖަވާބުގައި ކުޅެން އަރައި، ކުޅެމުންދަނިކޮށް، ވިއްސާރަ ވުމާ ގުޅިގެން، ޑީއެލްސީ މެތަޑް އިން ބަލައި، ރިވައިސްކުރީ އެވެ. އެއާ އެކު، ރާއްޖޭން މޮޅުވީ ކަަމަށް މެޗު ކަނޑައެޅީ އެވެ.

ބޫޓާނުގެ ދަނޑު ހުޅުވަން ކުޅޭ މި މުބާރާތުގެ މިއަދުގެ މެޗުގައި، ޓޮސް ދިމާވީ އިންޑޮނޭޝިއާ އަށެވެ. އިންޑޮނޭޝިއާ އިން ކުޅެން އަރައި، 19.2 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދީ 95 ލަނޑެވެ. މި އިނިންގްސްގައި، ރާއްޖޭގެ އަލީ ޝުނާން ހަތަރު ވިކެޓު ނެގިއެވެ. އަދި ރަނގަޅު ފޯމެއްގައި ހުރި، ލީމް ޝަފީގް ވަނީ ތިން ވިކެޓު ނަގައިފަ އެވެ.

Advertisement

ޖަވާބުގައި ކުޅެން އަރައި ރާއްޖޭން 12 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 75 ލަނޑު ހަދާފައިވަނިކޮށް، އެ ވަގުތު ވިއްސާރަ ވުމާ އެކު، މެޗު މެދުކަނޑާލީ އެވެ. އަދި އަލުން ފަށަން ކުރި މަސައްކަތުގައި ޑިލޭތަކެއް އަންނާތީއާ އެކު، މެޗު އިތުރަށް ކުރިއަށް ނުގެންދެވިގެން ނިންމާލީ، މި އިނިންސްގައި ރާއްޖޭން ހާސިލްކުރަން ޖެހޭ ޓާގެޓް 53 ލަނޑަށް ރިވައިސްކޮށްފަ އެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުގައި ހިމެނިގެން، ޒުވާން ކުޅުންތެރިޔާ، އިބްރާހިމް ޝައުފް ދެއްކި ކުޅުމާ އެކު، އުންމީދު ވަނީ އާ ވެފަ އެވެ. އޭނާ ވަނީ 29 ބޯޅައިން 26 ލަނޑު ހަދައިފަ އެވެ. ރާއްޖެ އަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ޓީމުގެ ކެޕްޓަން، އަޒްޔާން ފަރުހަތު އެވެ. އޭނާ ވަނީ 19 ބޯޅައިން 18 ލަނޑު ހަދައިފަ އެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި ކުޅޭނީ ބޫޓާންއާ އެވެ. ބޫޓާން ވަނީ މިއަދު ތައިލެންޑް އަތުން ބަލިވެފަ އެވެ. ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާން ބަލިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox