ގައުމީ ޖޫނިއާ މުބާރާތުގައި ސާއިދު ސްޕޯޓްސް އިން ބޮޑު ސްކޮޑެއް

Oct 19, 2024, 10:20 AM
ގައުމީ ޖޫނިއާ މުބާރާތުގައި ސާއިދު ސްޕޯޓްސް އިން ބޮޑު ސްކޮޑެއް

ފުވައްމުލަކު ސިޓީގައި މިއަދު ފެށި މަކިޓާ 15 ވަނަ ގައުމީ ޔޫތު އެތުލެޓިކްސް މުބާރާތުގައި ސާއިދު ސްޕޯޓްސް އިން ބޮޑު ސްކޮޑެއްގައި ހިމެނިގެން ގިނަ އެތުލީޓުންތަކެއް ވާދަކުރަމުން އެބަދެ އެވެ.

މީގެ ކުރިން ވެސް ޖޫނިއާ މުބާރާތުގައި ސާއިދު ސްޕޯޓްސްގެ އެތުލީޓުން ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައިވެ އެވެ. މި ފަހަރަކީ އެ ކްލަބުން ބޮޑު ސްކޮޑެއް ތައްޔާރީތަކާ އެކު، ޖޫނިއާ މުބާރާތަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެ ގޮތުން، މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ޖޫނިއާ މުބާރާތުގައި ސާއިދު ސްޕޯޓްސްގެ ފަރާތުން، 14 އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުން ވާދަކުރެ އެވެ.

Advertisement

އެ ގޮތުން ވާދަކުރާ އަންހެން އެތުލީޓުންނަކީ، އައިރާ އަބްދުﷲ ސައީދު، އައިޝަތު އައިރީން ޝާރިފް، ކްލާރާ ސެރީނާ އާސިފް، އައިރާ މަލްސޫން ހާޝިމް، އައިޝަތު ދާނިޔާ އިބްރާހިމް ފަވާޒް، އައިޝަތު ސާރާ ވިސާމް، ސާރާ އަލީ ސޯދިގު، މަރިޔަމް ލައިރާ މަމްދޫހު، އައިޝަތު މަލީކާ ޒަމީރު، ތަނާ އަލީ ޝާހިން، ކިއާރާ އަފްރާހު ގާސިމް، މަލީސާ ހުސެއިން ނަސީމް، އައިމިނަތު މަލިކާ ޒަމީރު އަދި އައިމިނަތު އަޒްކާ އާމިރު އެވެ.

ފިރިހެން އެތުލީޓުންނަކީ، ހަސަން ޝައިލް މުހައްމަދު އިބްރާހިމް، ހާވީ ހަސަނައިން ހަސަން ހަލީމް، ޔުއާން އިބްރާހިމް ލުތުފީ، އުލްވާން އިބްރާހިމް އުމަރު، އިޒްޔާން އިސްމާއިލް ދީދީ، އިސްމާއިލް މުލްހަމް އާޒިމް، މުހައްމަދު ޔަލީން އަހުމަދު އަދި އަހުމަދު އަދްޔާން ވަސީމް އެވެ.

މީގެ އެއް އަހަރު ކުރިން، 2022 ވަނަ އަހަރު ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ ފިރިހެން އެތުލީޓަކީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް އެވެ.

މި ފަހަރުގެ ޖޫނިއާ މުބާރާތުގައި، 29 ޓީމަކުން 868 އެތުލީޓުން ވާދަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox