އާޖެންޓީނާ ބަލިކޮށް ބްރެޒިލުން ފުޓްސަލް ވޯލްޑް ކަޕް ކާމިޔާބު ކޮށްފި

Oct 6, 2024, 5:57 PM
އާޖެންޓީނާ ބަލިކޮށް ބްރެޒިލުން ފުޓްސަލް ވޯލްޑް ކަޕް ކާމިޔާބު ކޮށްފި

ޓަޝްކެންޓް، އުޒްބެކިސްތާން (އޮކްޓޫބަރު 6) - އުޒްބެކިސްތާންގައި ކުރިއަށްދިޔަ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރިހޯދާ ބްރެޒިލް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، ފުޓްސަލް ވޯލްޑް ކަޕްގެ ތަށި ބްރެޒިލުން ހޯދި ހަ ވަނަ ފަހަރެވެ. ފުޓްސަލް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ، ބްރެޒިލް އެވެ. ސްޕެއިނުން ދެ ފަހަރު ހޯދާފައިވާއިރު، އާޖެންޓީނާ އާއި ޕޯޗުގަލް އިން ވަނީ އެއް ފަހަރު ހޯދައިފަ އެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ހަވަނަ މިނެޓުގައި ބްރެޒިލް އިން ވަނީ ގޯލު ޖަހައި ލީޑު ނަގާފަ އެވެ. މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެރާރޯ އެވެ. މިއީ މާޗީނޯ މުޅިން ހުސްކޮށްލާފަ ދިން ބޯޅަ އަކުން ފެރާރޯ ކާމިޔާބުކުރި ގޯލެކެވެ.

މި ލަނޑަށް ފަހު ވެސް ބްރެޒިލްގެ އެޓޭކުތައް ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލް އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެންހެލް ކްލާޑިނިއޯ ނަގައިދިން ކޯނަރެއްގެ ބޭނުން ހިފައި މި ގޯލް ބްރެޒިލް އަށް ކާމިޔާބު ކޮށްދިނީ ރަފާ ސަންޓޯސް އެވެ.

މެޗުގައި އާޖެންޓީނާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލް އެ ޓީމަށް ޖަހާދިނީ މެޗު ނިމެން މިނެޓަކަށް ވެފައި ހުއްޓަ މަތިއަސް ރޯސާ އެވެ.

މީގެ ކުރިން ބްރެޒިލްއާ އާޖެންޓީީނާ ކުރިމަތިލުންތަކަށް ބަލާއިރު, ހަތަރު މެޗުން ބްރެޒިލް ވަނީ ކުރި ހޯދައިފަ އެވެ. އަދި ފަސް މެޗު އެއްވަރުވެގެން ނިމުނުއިރު, އާޖެންޓީނާ ވަނީ އެއް މެޗުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox