ޔުނައިޓެޑުން ފާޑުކިޔުންތައް ބަލައިގަންނަން ޖެހޭ: ޓެން ހާގް

Sep 27, 2024, 1:51 AM
ޔުނައިޓެޑުން ފާޑުކިޔުންތައް ބަލައިގަންނަން ޖެހޭ: ޓެން ހާގް

މެންޗެސްޓާ (ސެޕްޓެމްބަރު 27) - މި ސީޒަނުގައި މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑުން ދައްކަމުން އަންނަ ކުޅުމާއި މެޗުތަކުގައި ނެރޭ ނަތީޖާތަކާ މެދު އަމާޒުވަމުން އަންނަ ފާޑުކިޔުންތައް ބަލައިގަނެ، ޓީމެއްގެ ގޮތުގައި އެކަންކަމާ ކުރިމަތިލައި ހާލަތު ބަދަލުކުރަން ޖެހޭ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިނުވެ އެވެ. އިނގިރޭސި ޕްރިިމިއާ ލީގުގައި ލަނޑެއް ނުޖެހި، 0-0 އިން ކްރިސްޓަލް ޕެލަސްއާ އެއްވަރުވިއިރު، ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޓްވެންޓޭއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އެ މެޗަށް ފަހު، ޓެން ހާގަށް އަމާޒުވި ސުވާލަކީ، ޔުނައިޓެޑަށް އެއް ފެންވަރެއްގައި ކުޅުން ދަމަހައްޓައި ނަތީޖާ ނުނެރެވުން ގުޅިފައި އޮތީ މެންޓަލިޓީގެ މައްސަލައަކާތޯ އެވެ.

ޓެން ހާގް ބުނީ، އަސްލު މައްސަލަތައް ހޯދައި، ކަންކަން ރަނގަޅުކުރުމުގެ ޒިންމާ އޮތީ އޭނާ ބޮލުގައި އެޅިފައި ކަމަށާއި ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހަގީގަތް ގަބޫލުކުރަން ޖެހޭ. އަހަރެމެންނަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ބަލައިގަންނަންޖެހޭ. އަހަންނަށް ޔަގީންކަން ދެވިދާނެ މެންޓަލިޓީގެ މައްސަލައެއް ނޫން މި އުޅެނީ. މިއީ ޓީމު އެކުގައި ކުރިއަށް ދިއުމުގައި ކުރިމަތިވާ ކަންތައްތައް. މި ކަންކަން މި ކިޔަނީ އަހަރެން ވެސް ހިމަނައިގެން. އަމިއްލަ ނަފްސާ މެދު އަހަރެން ވެސް ވިސްނަންޖެހޭ. ލޯގަނޑު ކުރިމަތީގައި ހުރެ އަހަރެން ވެސް ރަނގަޅަށް ބަލާލަން ޖެހޭ މި ކަންކަމާ މެދު އަހަރެންގެ ވިސްނުން ވެސް،" ޓެން ހާގް ބުންޏެވެ.

ކުރިއަށް އޮތް ތިން މެޗަކީ ޔުނައިޓެޑްގައި ޓެން ހާގްގެ ކުރި މަގު ނިންމުމުގައި އިސް ދައުރެއް އަދާކުރާނެ މެޗުތަކެކެވެ. އެއީ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި އެސްޓަން ވިލާއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗުތަކާއި ޔޫރޮޕާ ލީގުގައި ޕޯޓޯއާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox