ޒާތީ މަސްލަހަތަށް ޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމުގެ ގަޑުބަޑު ނުކުރުމަށް ފައްޔާޒު ރައީސަށް ގޮވާލައްވައިފި

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު. ރައީސްގެ ފޮޓޯ ނެގުމުން މައްސަލަ ތަހުގީގު ކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު. ރައީސްގެ ފޮޓޯ ނެގުމުން މައްސަލަ ތަހުގީގު ކުރާތީ ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައިފި ތަހުގީގު ހިންގާތީ އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭނާގެ ފޯނު ހިފަހައްޓަން ފުލުހުން އެދުނީ ރައީސް އާއި އެމަނިކުފާނުގެ އާއިލާ އޯގަސްޓު 26، ގައި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެމަނިކުފާނާއި އާއިލާއަށް ފާރަލުމާއި، ސިންގަޕޫރުގައި ދިރިއުޅުއްވިތަން އާންމުވާ ގޮތަށް ފޮޓޯ ނަގައި އާންމުކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވެފައިވާތީ ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން އެކްސްގައި ފައްޔާޒު ވިދާޅުވީ ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެ ހައްގު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ގާނޫނަކުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އާންމު ތަނެއްގައި އުޅުއްވާ މަންޒަރު ފޮޓޯ ނަގައި އާންމުކުރުން މަނާކުރާ ގާނޫނެއް ނެތީސް އެ އަމަލާ ގުޅުވައި މީހެެއްގެ މައްޗަށް ޖިނާއީ ކުށްތަކެއްގެ ތުހުމަތުކޮށް ޒާތީ މުދާ އަތުލުމުގެ އަމުރަށް އެދުމާއި އެފަދަ އަމުރު ނެރެދިނުމަކީ ވެސް ކަންބޮޑުވާ ކަމެއް. މީ މި ދައުލަތުން ގާނޫނުގެ ވެރިކަމުގެ ސިފަތައް ނެތިގެން ދާކަމުގެ ނުރައްކަލުގެ ފެހި ސިގްނަލެއް," ފައްޔާޒު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވި އެވެ.

ޒާތީ މަސްލަހަތަށް ޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމު ގަޑުބަޑު ނުކުރުމަށް އޭނާ ވަނީ ރައީސް މުއިއްޒުއަށް ގޮވާލައްވާފަ އެވެ.

މި މައްސަލައިގައި ފޮޓޯ ނެގި މީހާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން އެކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ. ކޯޓުން އަމުރު ނެރުނީ ގާނޫނުލްއުގޫބާތުގެ 231 ވަނަ މާއްދާއާ 233 ވަނަ މާއްދާއާ 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ ދަށުންނެވެ. އެ މާއްދާތަކުގައި ހިމެނާ ކުށްތަކަކީ:

  • 231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުން
  • 233 ވަނަ މާއްދާ - ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
  • 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރު - އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުން.

އާންމު ކުރި ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި، މެޑިކަލް ޗެކަޕަކަށެވެ.

ރައީސްގެ މި ފޮޓޯ ނެގި މައްސަލައިގައި ފޯނު ހިފަހައްޓަން އަމުރުކުރި، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox