ކިއޭސާ 13 މިލިއަން ޑޮލަރަށް ލިވަޕޫލަށް ވިއްކާލަން ޔުވެންޓަސް އިން އެއްބަސްވެއްޖެ

Aug 28, 2024, 4:03 PM
ކިއޭސާ 13 މިލިއަން ޑޮލަރަށް ލިވަޕޫލަށް ވިއްކާލަން ޔުވެންޓަސް އިން އެއްބަސްވެއްޖެ

ޓިއުރިން (އޮގަސްޓް 28) - ޔުވެންޓަސް އަށް ކުޅޭ އިޓަލީ ގައުމީ ޓީމުގެ ފޯވާޑް، ފެޑެރީކޯ ކިއޭސާ، 13 މިލިއަން ޑޮލަރަށް އިނގިރޭސި ގަދަބާރު ލިވަޕޫލަށް ވިއްކާލުމަށް ދެ ކްލަބުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ތިއާގޯ މޮޓާ ހަވާލުވުމަށް ފަހު އެ ކްލަބުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ކިއޭސާ ހިމެނި އެވެ. ކިއޭސާ ހޯދަން ބާސެލޯނާ އިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ބިޑެއް ނުކުރެ އެވެ. އެ ކްލަބުން ބިޑެއް ނުކުރީ މާލީ ހާލަތު ތަންނުދޭތީ އެވެ.

ލިވަޕޫލުން ކިއޭސާ ހޯދުމުގެ ރޭހަށް ވަނުމަށް ފަހު، ދެ ދުވަސް ތެރޭ ޑީލް ނިންމަން އެއްބަސްވުމަކަށް މި ވަނީ އަތުވެފަ އެވެ. އެ ގޮތުން، ފުރަތަމަ ފީގެ ގޮތުގައި، ލިވަޕޫލުން ކިއޭސާ ހޯދަން ދައްކާނީ، 13 މިލިއަން ޑޮލަރެވެ. އިތުރު، 2.5 މިިލިއަން ޑޮލަރު ދައްކާނީ ލިވަޕޫލްގައި ހާސިލްކުރާ ކަންތައްތަކަށް ބަލައިފަ އެވެ. މިއީ، އަނިޔާގެ މައްސަލަތަކާ ހެދި ފޯމު ގެއްލިފައިވީ ނަމަވެސް، ކިއޭސާ ލެވަލްގެ ކުޅުންތެރިއަކާ ބަަލައި، މިހާރުގެ ޓްރާންސްފާ މާކެޓްގައި ކުޑަ ފީ އެކެވެ.

ކިއޭސާ، ލިވަޕޫލްގެ މެޑިކަލް ޓެސްޓްތައް ފުރިހަަމަ ކުރުމަށް ފަހު، އެ ޓީމާ އެކު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަހަރުގެ ސީޒަން ފެށިއިރު، ލިވަޕޫލުން އެއްވެސް ކުޅުންތެރިއަކު ސޮއިނުކުރެ އެވެ. އެކަމަކު، ޓްރާންސްފާގެ ފަހު ދުވަސްތަކުގައި ލިވަޕޫލްގެ ހަރަކާތްތައް އެކްޓިވްކޮށް ފެންނައިރު، އެ ކްލަބުން ވަނީ ވެލެންސިއާ އަށް ކުޅޭ ޖޯޖިއާގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީގެ ސޮއި ހޯދަން އެއްބަސްވުމަކަށް އަތުވެފަ އެވެ. މަމަޑާޝްވިލީ، ލިވަޕޫލަށް ސޮއިކުރާނީ އަންނަ ސީޒަނުގައި ގުޅޭ ގޮތަށެވެ.

ކިއޭސާ ވަނީ ޔުވެންޓަސް އަށް ކުޅެދިން 131 މެޗުން 32 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 10 ގޯލު ޖެހީ މިދިޔަ ސީޒަނުގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުުގައި ހުރުމަށް ފަހު އެނބުރި އައީ، މިދިޔަ އަހަރު ނޮވެމްބަރު މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox