އިންގްލެންޑްގެ ކެރިއަަރު ނިމުމަކަށް ގެނެސް ގްރީންވުޑް ޖެމެއިކާ ގައުމީ ޓީމަށް ކުޅެން ފަށަނީ

Aug 27, 2024, 5:17 AM
އިންގްލެންޑްގެ ކެރިއަަރު ނިމުމަކަށް ގެނެސް ގްރީންވުޑް ޖެމެއިކާ ގައުމީ ޓީމަށް ކުޅެން ފަށަނީ

ލަންޑަން (އޮގަސްޓް 27) - ޒުވާން ފޯވާޑް، މޭސަން ގްރީންވުޑް، އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައި، ޖެެމެއިކާ އަށް ކުޅެން ފަށަން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގެ ސަބަބުން ޔުނައިޓެޑްގައި ގްރީންވުޑްގެ ކެރިއަރު ކުރިއަށްނުދިޔަ އެވެ. ޖަލުން ސަލާމަތްވުމުން ވެސް ޔުނައިޓެޑުން ގްރީންވުޑަށް ފުރުސަތު ނުދިނެވެ. މިދިޔަ ސީޒަނުގައި ގެޓަފޭ އަށް ގްރީންވުޑް ދޫކޮށްލީ ލޯނަކަށެވެ. އަދި ޔުނައިޓެޑާ އެކު ކެެރިއަރު ކުރިއަށް ނުގެންދެވޭނެތީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ގްރީންވުޑް، 22، ޔުނައިޓެޑް ދޫކޮށް މާސޭ އަށް ސޮއިކުރީ 33 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ.

މާސޭގައި ކެރިއަރު ރަނގަޅަށް އަލުން ފަށައި، ދެ މެޗުން ތިން ގޯލު ޖަހައިދީފައިވާ، ގްރީންވުޑް އަކީ ޖެމެއިކާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

އޭނާ ލައްވައި ޖެމެެއިކާ އަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެކަން ހާސިލެއްނުވި އެވެ. މި ފަހަރު ގްރީންވުޑްއާ ޖެމެއިކާ އަށް ކުޅެން މަޝްވަރާ ކުރަމުން އަންނަނީ އެ ޓީމަށް ދާދި ފަހުން ހަމަޖެއްސި ކޯޗު ސްޓީވް މެކްލަރެން އެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި، ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗެވެ.

ގްރީންވުޑް ވަނީ، އިންގްލެންޑަށް ރަސްމީ އެއް މެޗު ކުޅެފަ އެވެ. އެއީ، 2020 ވަނަ އަހަރު، ނޭޝަންސް ލީގުގައި އައިސްލެންޑާ ދެކޮޅަށެެވެ.

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ. އެކަމަކު، އެކަން ފުރިހަމަކުރަން، ކުރިން ކުޅުނު ގައުމީ ޓީމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ލިޔުމެއް ބޭނުންވާނެ އެވެ.

ޖެމެއިކާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އިނގިރޭސި އެފްއޭއާ މަޝްވަރާކޮށް އެ ލިޔުން ހޯދަން މަސައްކަތް ކުރަމުންނެވެ.

ގްރީންވުޑް ވަނީ އިންގްލެންޑްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އިތުރުން 21 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox