ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ސޮނޭވާފުށްޓަށް މޮޅެއް، އަމިއްލަގެ ރަނގަޅު ފެށުން ކުރިއަށް

Aug 27, 2024, 2:53 AM
ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ރައްޔާން ފޮޓޯސް

ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން، ސޮނޭވާފުށިން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދިއިރު، އަމިއްލަ މޯލްޑިވްސް އިން ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ.

މިއީ، މި މުބާރާތް ކުރިއަށްދާ ދެ ވަނަ ފަހަރެެވެ. އަށް ރިސޯޓުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މެޗުތައް ކުޅެނީ އަށް އޯވަރަށެވެ.

ސޮނޭވާފުށިން އަވަނި+ފަރެސް ބަލިކުރީ ހަ ވިކެޓުންނެވެ. އަވަނި އިން ވަނީ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި، އަށް ވިކެޓަށް 91 ލަނޑު ހަދައިފަ އެވެ. ސޮނޭވާފުށިން 7.2 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް ވަނީ 92 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސޮނޭވާފުށީ ޓީމުގެ ކިތާބުﷲ އެވެ.

Advertisement

ފުރަތަމަ މެޗުގައި މިލައިދޫ މޯލްޑިވްސް އަތުން މޮޅުވި އަމިއްލަ މޯލްޑިވްސް ޓީމުން އިއްޔެ ވަނީ، އަނަންތަރާ ބަލިކޮށްފަ އެވެ. އަނަންތަރާ އަތުން އަމިއްލަ މޮޅުވީ، ހަ ވިކެޓުންނެވެ.

މެޗުގައި އަށް އޯވަރުގެ ތެރޭގައި، އަނަންތަރާ އިން ހަތް ވިކެޓަށް 114 ލަނޑު ހެދި އެވެ. އަމިއްލަ އިން ވަނީ އަށް އޯވަރުގެ ތެރޭގައި، ހަތަރު ވިކެޓަށް 118 ލަނޑު ހަދައިފަ އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، 15:00 ގައި، ފިނޮޅު އާއި އަމިއްލަ ބައްދަލުުކުރާ މެޗު އޮތްއިރު، 16:30 ގައި، ރޯޔަލް ބައްދަލުުކުރާނީ ސޮނޭވާފުށްޓާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox