ލެސްޓާގެ ހަމްޒާ ބަންގްލަދޭޝަށް ކުޅެން އިނގިރޭސި އެފްއޭގެ ހުއްދައަަކަށް އެެދެފި

Aug 25, 2024, 2:51 PM
ލެސްޓާގެ ހަމްޒާ ބަންގްލަދޭޝަށް ކުޅެން އިނގިރޭސި އެފްއޭގެ ހުއްދައަަކަށް އެެދެފި

ލަންޑަން (އޮގަސްޓް 25) - ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ، ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ އަކަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ)ގައި އެދިއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހަމްޒާގެ އާއިލާއާ މަޝްވަރާކޮށްގެން އޭނާ ބަންގްލަދޭޝް ޓީމަށް ކުޅުވަން މަސައްކަތް ފަށައިފަ އެވެ. ގިނަ އަހަރުތަކެއްގެ މަޝްވަރާ އަށް ފަހު، ހަމްޒާ މިހާރު ވަނީ ބަންގްލަދޭޝަށް ކުޅެން ނިންމައިފަ އެެވެ. ހަމްޒާ، 26، އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި އޭނާއާ އާއިލީ ގޮތުން އެފްރިކާގެ ގްރެނާޑާއާ ވެސް ގުޅުން އެބައޮތެވެ.

ހަމްޒާ، ބަންގްލަދޭޝަށް ކުޅުވަން ކުރާ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިދިޔަ ޖޫން މަހު އޭނާ ވަނީ ލަންޑަންގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ އަށް އެ ގައުމުގެ ޕާސްޕޯޓް ހައްދަން ހުށަހަޅައިފަ އެވެ. ބަންގްލަދޭޝްގެ ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ކަންކަން ދިގުލައިދިޔަ ނަަަމަވެސް މިހާރު އެކަން ވަނީ ނިމިފަ އެވެ. އަދި ހަމްޒާ އަށް ބަންގްލަދޭޝްގެ ޕާސްޕޯޓް ވަނީ ހަވާލުކޮށްފަ އެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ހަތް މެޗު ކުޅެފައިވާ ހަމްޒާ، ބަންގްލަދޭޝަށް ކުޅެން ނިންމީ އިނގިރޭސި ސީނިއާ ޓީމުން އޭނާ އަށް ފުރުސަތު ނުލިބޭނެކަން ޔަގީންވުމުންނެވެ. ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަނުން މިހާރު ވަނީ، ފީފާގައި ހަމްޒާ، ބަންގްލަދޭޝް ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ފަށައިފަ އެވެ.

އެ ގޮތުން، އެންމެ ފުރަތަމަ ކަމަކަށް ބަންގްލަދޭޝް އިން ބޭނުންވާނީ، އިނގިރޭސި އެފްއޭގެ ނޯ އޮބްޖެކްޝަން ސެޓްފިކެޓް (އެންއޯސީ) އެވެ. އެއީ، ހަމްޒާ، އިނގިރޭސި ޔޫތު ޓީމަށް ކުޅެފައިވާތީ އެވެ. އެ ލިޔުން ލިބުމާ އެކު ބަންގްލަދޭޝްގައި ހަމްޒާ ރަޖިސްޓްރީ ކުރުމުގެ ކަންކަން ފުރިހަމަވެ، އަންނަ މަހުގެ ފީފާ ކަލަންޑަރު މެޗުތަކަށް ބަންގްލަދޭޝަށް ހަމްޒާ އަށް ކުޅެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox